ރޭ މުޒާހަރާ ތެރެއިން ހައްޔަރު ކުރި ޝަމްމޫން ޖަލީލް(މ) މުޒާހަރާގެ ބައިވެރިންނާއެކު: އޭނާ ހިމެނޭހެން ތިން މީހަކު ބަންދު ކުރުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޝަމްމޫން ހިމެނޭހެން ތިން މީހަކު ބަންދުކުރަން އަމުރުކޮށްފި
ޖަލަށް ހުކުމް ކުރި ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންދު ކުރި ތިން މީހުންގެ ތެރޭގައި ސަރުކާރުގެ ކަންމަމަށް ޝޯޝަލް މީޑިއާގައި ގަދައަށް ފަޑުކިޔަމުން ގެންދާ ލިޔުންތެރިޔާ ޝަމްމޫން ޖަލީލް (ލޫކަސް) ހިމެނެ އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިންނާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ ކުރި އެ މުޒާހަރާ ތެރެއިން ޝަމްމޫން ހިމެނޭހެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ތަފްސީލު - އެމީހުންގެ ވަކީލުން މައުލޫމާތު ދޭ ގޮތުގައި އެ 10 މީހުންގެ ތެރެއިން ތިން މީހަކު ބަންދުކޮށް، އަނެއް ހަތް މީހުން ވަނީ ދޫކޮށްލާފަ އެވެ.
އެގޮތުން:
-
ޝަމްއޫންގެ ބަންދަށް 10 ދުވަސް
-
ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު ފަސް ދުވަހަށް އަދި އަނެކަކު ތިން ދުވަހަށް
މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެކަކު ހައްޔަރު ކުރަން ހަތް ވަރަކަށް ފުލުހުން އުޅުނު ގޮތް 👇🏽 pic.twitter.com/9tTkGr6vVq
— Muzayyin Nazim (@tedmaldives) May 13, 2026
ފުލުހުން ބުނެފައިވާ ގޮތުން ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ، އަމުރަށް ނުކިޔަމަންތެރިވެގެންނެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ހުރަސް އަޅައިފަ އެވެ. އެގޮތުން މުޒާހަރާ ކަވަރު ކުރުމަށް އެއްވެސް ކަހަލަ ފަހި މާހައުލެއް ނުދީ، މުޒާހަރާގެ ބައިވެރިންގެ ގޮތަށް ކަވަރު ކުރަން ތިބި ބައެއް ނޫސްވެރިންނާ މެދު އަމަލުކޮށްފައިވެ އެވެ.
So this police guy keeps pushing raajjetv cameraman and journalist far away when they are doing exactly what police had said. Trying to block the view. pic.twitter.com/opqYWf0iUB
— mahthoom (@makhuthoom) May 13, 2026