މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް (މިހާރު ފައިލް ފޮޓޯ/ ނިޝާން އަލީ)

ނާޒިމަށް ކުރަނީ މަޖިލީހުގެ މަސްލަހަތު ނަގާލަން އުޅޭ ކަމުގެ ތުހުމަތު

އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް މިއަދު ވައްދާފައިވާއިރު ރޭގެ ވަގުތެއްގައި ނާޒިމް ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފައި

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ވަކި ސިޔާސީ ފިކުރަކަށް ބުރެވެ، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީފައިވާތީ ކަމަށް، އެމަނިކުފާނު ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ނާޒިމް ނިސްބަތްވެވަޑައިގަންނަވާ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު، ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރެއްގެ ސޮޔާ އެކު މިއަދު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

ތަފްސީލް - މި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް ނާޒިމް ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެގޮތުން ބުނީ އިތުބާރު ނެތްކަމަށް ހުށަހަޅަނީ:

  • އެމަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރެވެ، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކުރަމުންދާތީ 

  • މަޖިލީހުގެ އެންެމެހައި މަސައްކަތްތަކުގެ ވަކި ސިޔާސީ ފިކުރަކަށްބުރެވެ ތައްސަބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ 

  • މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާ ކަން ސާފުވާން އޮތުމުން

  • އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފަވާކަން ސާފުވާތީ 

  • ގާނޫނުއަސާސީން މެމްބަރުންނާއި މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ

 ވަކި ސިޔާސީ ފިކުރަކަށް ބުރެވެ، ނާޒިމު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރި ނަމަވެސް އެ ގަރާރުގައި އެ ވަކި ފިކުރަކީ ކޮބައިކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.

އެނގުން މުހިންމު - ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފެށިއިރު، އެނގިފައިވާގޮ ތުގައި ނާޒިމް ރޭގެ ވަގުތެއްގައި ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް