ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް؛ އޭނާ މެލޭޝިއާއަށް ވަޑައިގެންފި - (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ވަކިކުރުމުގެ މައްސަލަ އޮއްވައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް މެލޭޝިއާއަށް ވަޑައިގެންފި

މެލޭޝިއާގައި ނާޒިމްގެ އާއިލާ ދިރިއުޅުއްވާއިރު، ކުރިން ވެސް ދޭތެރެއަކުން އެ ގައުމަށް ވަޑައިގަންނަވާ؛ މި ފަހަރު މި ވަޑައިގަތީ އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކޮށްފައި ވަނިކޮށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައެއް އެ މަޖިލީހަށް ވައްދާފައި ވަނިކޮށް، ނާޒިމް މެލޭޝިއާއަށް ރޭ ފުރާވަޑައިގެންފި އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ އިއްޔެގަ އެވެ. އަދި މިއަދު ވަނީ މަޖިލީހަށް އެ މައްސަލަ ވައްދައިފަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެކި މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި، ނާޒިމް ރޭގެ ވަގުތެއްގައި ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ. އެ ގޮތުން:

  • މެލޭޝިއާގައި ނާޒިމްގެ އާއިލާ ދިރިއުޅުއްވާތީ ވަރަށް ގިނައިން އެ ގައުމަށް ވަޑައިގަންނަވާ

  • މި ފަހަރު އޭނާ ވަކިކުރުމުގެ މައްސަލަ އޮއްވައި ފުރާވަޑައިގަތްއިރު، އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ނޭނގޭ

މި ކަމުގައި ނާޒިމްގެ ބަހެއް ހޯދުމަށް ފޯނަށް ގުޅުމުންނާއި މެސެޖުކުރުމުން ވެސް ޖަވާބު ނުދޭތީ، އޭނާގެ ބަހެއް ނުލިބެ އެވެ.

އެނގުން މުހިންމު - ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި ވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އެ މަނިކުފާނު އޭނާ ބޭރުކޮށްލައްވާފައި ވަނިކޮށެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި، ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނާ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ. 

ނާޒިމްގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ވައްދާފައިވާއިރު މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ.  

ކޮމެންޓް (2)

މުޙައްމަދު

14 މޭ 2026
ހަމައެއް ނުޖެހެއެއްނު ލިޔެފަ އިން އެއްޗެއް؟ ފުރީ ރޭގަ. މައްސަލަ މަޖިލީހަށް ވެއްދީ މިއަދު ހެނދުނު. އެކަމަކުވެސް "...ވަކިކުރުމުގެ މައްސަލައެއް އެ މަޖިލީހަށް ވައްދާފައި ވަނިކޮށް، ނާޒިމް މެލޭޝިއާއަށް ރޭ ފުރާވަޑައިގެންފި".
1 0

ދިއްގަރޭ

14 މޭ 2026
ދެން ނޯޓިސް ފޮނުވާ ދިއްގަރު ދާއިރާގެ ރައްޔިތުނައް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް