4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި 5 ވަނަ މީހާ(ފޮޓޯ/ޕޮލިސް)
4 މިލިއަން ރުފިޔާގެ ވައްކަން؛ 5 ވަނަ މީހާ ހައްޔަރުކޮށްފި
މާލޭ ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި 5 ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ތަފްސީލް - މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 5 ވަނަ މީހާގެ ވަނަވަރު ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ:
-
ޖަޒީލު މުހައްމަދު، 47، ޖަޒީލާމަންޒިލް/ހދ. ނޮޅިވަރަންފަރު
-
އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފައި
ޖުމްލަ 4 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ބުނާ މި މައްސަލާގައި މިހާތަނަށް އަދި ހޯދުނީ އެންމެ 50،000ރ. ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ކިޔާލަން
ގުޅުން ހުރި - މި މައްސަލައާ ގުޅުގެން މީގެ ކުރިން 4 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން މީގެ ކުރިން ބުނީ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ޖުމްލަ 4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ، މޫދަށް އެއްލައިލި މައްސަލައެއްގައި މީގެ ތިން އަހަރު ކުރިން 10 އަހަރުގެ ހުކުމެއް އިއްވާފައިވާ އިސްމާއިލް އާސިފް، 36، ދާރުލް އައްވަލް/ރ. މަޑުއްވަރި ވެސް ހިމެނެ އެވެ.
ދެން މި މައްސަލާގައި ހައްޔަރު ކުރީ:
-
މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ/ޅ. ނައިފަރު
-
މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ/ސ. މީދޫ
-
އަހްމަދު ފާރިސް، 39، މ. އޭސިއާ