ރައީސް މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި (ފޮޓޯ/ ރައީސް އޮފީސް)

ރައީސްގެ ވައުދަކަށް ވާތީ އުފެއްދި ސިޓީސް، ލޯކަލް ގަވެމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި

ލޯކަލް ގަވަމެންޓް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި؛ އެ މިނިސްޓްރީން ކުރަމުން ދިޔަ މަސައްކަތްތައް ދެ މިނިސްޓްރީއަކަށް މިހާރު ވަނީ ބަދަލުކޮށްފައި

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި އެވެ.

އެނގުން މުހިންމު - ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ)ގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފުލްޓައިމް އެކަމަށް އެކަނި ހާއްސަ މިނިސްޓަރަކަށް ހެއްދެވުމަށް ވަކި މިނިސްޓްރީއެއް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ވީކިހިނެއް؟ - ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ މިނިސްޓްރީތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އިއްޔެ ގެނެސްފަ އެވެ. އެ ގޮތުން:

  • ރައީސް ބޭނުންފުޅުވާ ބަދަލުތައް ގެނައުމަށް ފުރުސަތު ދެއްވުމުގެ ގޮތުން 10 މިނިސްޓަރަކު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައި

  • އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވާ

ތަފްސީލް - އެނގިފައިވާ ގޮތުގައި، އެ މިނިސްޓްރީން ކުރަމުން ދިޔަ މަސައްކަތް ވަނީ ދެ މިނިސްޓްރީއަކާ ހަވާލުކޮށްފަ އެވެ.

  • ލޯކަލް ގަވެމަންޓް ނުވަތަ ލާމަރުކަޒީ އުސޫލުގެ ސިޔާސަތުތައް ހިންގުމުގެ މަސައްކަތްތައް ހަވާލުކުރީ ފިނޭންސް މިނިސްޓްރީއާ

  • ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ހަވާލުކުރީ ހައުސިން މިނިސްޓްރީއާ

މި ބަދަލާ ގުޅިގެން އެލްޖީއޭގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މިނިސްޓްރީ އުވާލި ނަމަވެސް ވަކި ގޮތެއް އަންގަން ދެން މުވައްޒަފުން އޮފީހަށް ނުކުތުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފާހަގަކޮށްލެވޭ - ކެބިނެޓުން 10 މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ފަހު، މިނިސްޓްރީތަކުގެ މެންޑޭޓްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން މިނިސްޓްރީތަކުގެ އަދަދު ވަނީ 20 މިނިސްޓްރީން 15 މިނިސްޓްރީއަށް މަދުވެފަ އެވެ.

ޑިފެންސް މިނިސްޓަރު ފިޔަވައި ކެބިނެޓްގެ އެހެން މިނިސްޓަރުން މިހާރު ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ. ޑިފެންސް މިނިސްޓަރަކަށް ވަޑައިގަންނަވާ ބޭފުޅަކު އަދި ނޭނގޭއިރު މިހާރު ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުންނަކީ:

  • ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު

  • އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ

  • އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް

  • ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

  • މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް

  • އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ

  • ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

  • މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

  • ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް

  • މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

  • ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

  • އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް

  • އަހުމަދު ޝިޔާމް - މިނިސްޓަ އޮފް ފިޝަރީޒް އެންްޑް އެގްރިކަލްޗާ

ކޮމެންޓް (1)

ޖޯން

15 އޭޕްރީލު 2026
ޔުޓިލިޓި އެސްއޯތައްވެސް އުވާލާ އެއަތޮޅެއްގެ ޔުޓިލިޓީ އަތޮޅޫން ކުންފުނިން ހިންގާ ގޮތް ހަދާ. ދެން ތިޔަތަނެއް އުވާލާފައި ފިނޭންސަށް ބައްކޮށްގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ. އެމެންނަކީ މާލެ ކޮޅުނޫން ތަނެއް ފެންނަ ބައެއް ނޫން. އަތޮޅުތަކަށް އެބާރުތައްވެސް ބަހާލައި ބެޖެޓް ދީނިމަ އަދިވެސް 2028 އަތުވާނެ. ނޫންނަމަ އަތަށް ގޮވާނެ. އަދި ހިތްވަރު އެލުވާލާކަށްނުވޭ. ރައްޔިުތންގެ ބާރުވެރިކުރުމުން ތިމާގެ ޕޮޕިއުލަރިޓީ މައްޗަށް ދާނި. މަޗާއަށް ކެރޭނެތަ؟ ނުކެރެންޏާ ޗާއޯ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް