އެމްްޓީސީސީން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ބޭއްވި ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެމްޓީސީސީ

އެމްޓީސީސީން އިއްޔެ 49 ވަޒީފާ އިއުލާންކޮށްފި؛ ކުރިމަތިލާން ދިނީ 12 ގަޑިއިރަށް ވުރެ ކުޑަ ވަގުތެއް

މި ވަޒީފާތަކަށް އިއުލާންކޮށްފައި ވަނީ ރޭ 11:45 އާއި ދަންވަރު 12:31އާ ދެމެދު

އެމްޓީސީސީން އިއްޔެ އެކަނި 46 ވަޒީފާއަށް އިއުލާންކޮށް، ކުރިމަތިލާން 12 ގަޑިއިރަށް ކުރު ވަގުތެއް ދީފި އެވެ.

ވީ ކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ފެށުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، އެމްޓީސީސީން މި ވަޒީފާތަކަށް އިއުލާންކޮށަްފައިވަނީ ރޭ 12 ޖަހަން އުޅެނިކޮށެވެ.

ތަފްސިލު - ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން، ރޭ 11:45 އާއި ދަންވަރު 12:31އާ ދެމެދު ހަ އިއުލާނެއްގެ ދަށުން 49 ވަޒީފާއަކަށް މީހުން ހޯދުމަށް އެމްޓީސީސީން އިއުލާންކޮށްފައިވެ އެވެ. އެގޮތުން:

  • ރޭ 12ގެ ކުރިން އާންމު ކުރި ފަސް އިއުލާނެއްގެ ދަށުން، ހޯދަން އިއުލާން ކުރި 46 ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު ހެނދުނު 11

  • ރޭ ދަންވަރު ކުރި އިއުލާންގެ ދަށުން ހޯދަން އިއުލާން ކުރި ތިން ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު މެންދުރު 12

  • މި މަގާމުތަކުގެ މުސާރައަކީ 10،000ރ. އާއި 15،000ރ.އާ ދެމެދު 

  • ގިނަ މަގާމުތަކުގެ ޝަރުތަކީ "އަސާސީ ތައުލީމް ހާސިލުކޮށްފައިވުން"

މީގެ ތެރެއިން ގިނަ ވަޒީފާތަކަކީ "ޕްރޮޖެޖްގެ ނިލަކަށް" ނަގާ މަގާމުތައް ކަމަށް އެ އިއުލާންތަކުގައި ބުނެފައިވެ އެވެ. ދެން ހުރި މަގާމުތަކަކީ އެއް އަހަރުދުވަހުގެ ކޮންޓްރެކްޓަށް ނަގާ މަގާމުތަކެވެ.

ފާހަގަކޮށްލެވޭ - މި 49 ވަޒީފާއަކީ ހަމައެކަނި ރޭ އިއުލާން ކުރި ވަޒީފާތަކެވެ. އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 1 އިން ފެށިގެން 28ގެ ނިޔަލަށް 1،000އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ. އަދި މި ހަފްތާ ތެރޭގައި ވެސް ގިނަ ވަޒިފާތަކަކަށް އިއުލާންކޮށްފައިވެ އެވެ.

ކޮމެންޓް (4)

ކޮމޮޑަސް

4 އޭޕްރީލު 2026
މިއީ ލެސަރއިވިލް ގެންނަން ހަދައިގެން ގެނެވުނު ކިހާވަރެއްގެ އީވިލް އެއް ކަމެއް އަހަންނަކަަށް ޔަގީނެއްނޫނެވެ. އަހަންނަަށް އެނގޭހާވެސް ކަމަކީ ކޮރަޕްޝަންގެ ކުޅިވަރާއި އަދި ދޮގާއިމަކަރު ހެދުމަކީ އިވިލް ކަނޑައަޅާ މިނެއްކަމުގައިވާނަމަ، މިސަރުކާރުހާ އީވިލް ސަރުކާރެއް އަދި މިރާއްޖެ ނުދެކޭކަމެވެ (2008ގެ ފަހުން). މީގެ ކުރިންވެސް ސަރުކާރުތަކުން ވަޒީފާ ބެހިއެވެ. އެކަމަކު، މިހާ ދެރަވަރުކޮށް މިކަމެއް ނުކުރެއެވެ. މިއަދުގެ އިންތިހާބުގެ ނަތީޖާއިން، މިނިވަން ކެނޑިޑެޓުންނަށް އެކަށީގެންވާ އަދަދެއްގެ ކާމިޔާބީއެއް ލިބިއްޖެނަމަ، އަހަރެން ވަރަށް އުފާވާނެއެވެ. އަހަރުމެންގެ ޑިމޮކްރަސީ ތަސައްރަފު ފުދެމުންދާކަމުގެ ހެއްކަކަށް އެކަން ވާނެއެވެ.
3 0

އަހަންމަދު

4 އޭޕްރީލު 2026
މީ އެހެންސަރުކާރު ތަކުގައި ނުކުރާ، މިސަރުކާރުން އަލަށްކުރާ ކަމެއްތަ؟ ރައްޔިތުންނަށް ވަޒީފާއެއް ލިބެންޏާ މުޒައްޔިނު މެންނަށް ހާދަ އަސަރެއްކުރެޔޭދޯ؟
1 7

ބެއްޔާގެ ދަރި

4 އޭޕްރީލު 2026
@އަހަންމަދު އެހެން ސަރުކާރެއްގައި މިހާ ކުރު މުއްދަތެއް ދީފައި އިއުލާނެއް ކުރި ހަނދާނެއް ނެތް. އެހެނެއް ނޫން އިންތިހާބާ ދިމާކޮށްފައި ހުރިހާ ސަރުކާރަކުން ވެސް ވަޒީފާތަކަށް މީހުން ނަގާ
2 0

ހަތަރެސްކަން

4 އޭޕްރީލު 2026
@އަހަންމަދު އާން މިއީ އަދި އެހެން ލެވެލްއެއް. ވޯޓުގެ ކުރީ ރޭ 11 ގެ ފަހުން މިގޮތަށް އެހެން ސަރުކާރަކުން ވަޒީފާތަކެއް އިއުލާންކޮށްފައިއޮތިއްޔާ ދައްކަބަލަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް