މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ގުނުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ޓީޕީޕީ)

ލައިވް

ވަގުތީ ނަތީޖާ: ދެ އިންތިހާބު އެއްކުރަން ރައްޔިތުން ބުނީ ނޫނެކޭ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު މިއަދު ކުރިއަށް އެބަދޭ
4 އޭޕްރީލު 2026
2
 
23:20 Apr 4, 2026

ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީއަށް

ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކުރާނެކަން މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ. 

21:11 Apr 4, 2026

ކުޅުދުއްފުށީ މޭޔަރުކަން ކާމިޔާބު ކުރައްވަނީ އާތިފް

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުޅުދުއްފުށީ މޭޔަރުގެ ރޭހުގެ ކުރީގައި އުޅެނީ، 1490ވޯޓާ އެކު މިހާރުގެ ވެސް އެ ރަށުގެ މޭޔަރު އެމްޑީޕީގެ މުހައްމަދު އާތިފް. އޭނާއާ ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއަށް ލިބުނީ 680 ވޯޓް. 

20:45 Apr 4, 2026

މަޖީދިއްޔާ ސްކޫލްގައި ހުރި ފޮށީގެ ވޯޓް ގުނަން ފަށައިފި

މައްސަަލަ ހޫނުވެ ވޯޓް ގުނުން ހުއްޓިފައި އޮތް މަޖީދީއްޔާ ސްކޫލްގައި ބަހައްޓާފައިހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓް ފޮށީގެ ވޯޓް ގުނުން އަލުން ފަށައިފި. މައްސަލަ ހޫނުވީ ބާތިލް ވޯޓް ގުނި ގޮތާ މެދު ހިޔާލު ތަފާތުވެގެން.

މަޖީދިއްޔާ ސްކޫލްގައި ހުރި ފޮށީގެ ވޯޓް ގުނުމުގައި މައްސަލަ ޖެހި ހޫނުވުމުން ފުލުހުން އެތަނަށް ވަދެފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
 
20:26 Apr 4, 2026

ފުވައްމުލަކު މޭޔަރުގެ ރޭހުގެ ކުރީގައި އިސްމާއިލް ރަފީގު

ފުވައްމުލަކު މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ރަށު މޭޔަރުކަން ކާމިޔާބު ކުރައްވަނީ މިހާރުގެ ވެސް މޭޔަރު އެމްޑީޕީގެ އިސްމާއިލް ރަފީގު 

20:20 Apr 4, 2026

މާލޭ މޭޔަރުގެ ރޭހުގެ ކުރީގައި އާދަމް އާޒިމް

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މާލޭގެ މޭޔަރުގެ އިންތިހާބުގައި ކުރީގައި އުޅެނީ މިހާރުގެ ވެސް މޭޔަރު އެމްޑީޕީގެ އާދަމް އާޒިމް. 

20:18 Apr 4, 2026

13 ފޮށީގެ ވޯޓްލުން އަދިވެސް ނުނިމޭ

މިރޭ 8:12 ވީއިރު މިއަދުގެ އިންތިހާބުގައި ބެހެއްޓި 588 ފޮށީގެ ތެރެއިން ވޯޓްލުން ނިމި ބަންދުކުރެވިފައި ވަނީ 575 ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އަދި 13 ފޮށި ބަންދު ނުކުރެވި ވޯޓްލުން ކުރިއަށް އެބަދޭ. 

19:41 Apr 4, 2026

މަޖީދީއްޔާ ސްކޫލްގައި ބަހައްޓާފައިހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓް ފޮށީގެ ބާތިލް ވޯޓްތަކެއް ގުނާ ގޮތުގައި ހިޔާލު ތަފާތުވެ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައި. އެ ފޮށީގެ ވޯޓް ގުނުން އޮތީ ހުއްޓިފައި. 

19:38 Apr 4, 2026

19:22 Apr 4, 2026

ރަށު ކައުންސިލް އިލެކްޝަންސްގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކައުންސިލްގެ ވޯޓް ގުނާ ނިމުނު ފޮށިތަކުގައި ފެންނަ ނުފެންނަ ވޯޓް ގުނައި ނަތީޖާ ވަނީ ލިބެން ފަށާފައި. މިހާތަނަށް ލިބިފައި ހުރި ވަގުތީ ނަތީޖާތަކަށް ބަލާއިރު، ގުނި ވޯޓްގެ %67 މީހުން ބުނެފައި ވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށް. އާ އެކޭ ބުނީ، %33 މީހުން. 

18:55 Apr 4, 2026

އެންމެ ފުރަތަމަ ހުޅުވައި ގުނަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވޯޓް. ފެންނަ ނުފެންނަ ވޯޓްގެ ފޮށިތައް ގުނަން ފަށާނީ އެއަށް ފަހު. 

18:44 Apr 4, 2026

ފޮޓޯއިން: ވޯޓް ގުނުން

  • މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު 2026ގައި ވޯޓް ގުނުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

18:34 Apr 4, 2026

ވޯޓްލުން ނިމިފައިވާ ފޮށިތަކުގައި މިހާރު ވަނީ ވޯޓް ގުނަން ފަށާފައި

18:30 Apr 4, 2026

76 ފޮށީގައި ވޯޓްލުން އަދިވެސް ކުރިއަށް

‎އީސީން ދާދި ދެންމެއަކު ބުނީ މިއަދު ހަވީރު 5:00އާަ ހަމައަށް ވޯޓްލުން ބަންދުވީއިރު މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށިކަމަށް. އެހެންކަމުން 76 ފޮށީގައި ވޯޓްލުން އަދިވެސް ދަނީ ކުރިއަށް. 

18:23 Apr 4, 2026

2 ދުވަހަށް ސަރުކާރު ބަންދު

ރައީސް އޮފީހުން ދާދި ދެންމެއަކު އިއުލާންކުރި ގޮތުގައި ވޯޓާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މާދަމާ 5 އެޕްރީލްވާ އާދިއްތަ އަދި 6 އެޕްރީލްވާ ހޯމަ ދުވަހު ސަރުކާރު ބަންދުވާނެ ކަމަށް. އެގޮތަށް ރައީސް ނިންމެވީ އިލެކްޝަންދު ކޮމިޝަނުން އެދިގެން ކަމަށް ވެސް ރައީސް އޮފީހުން ބުނި. 

17:40 Apr 4, 2026

ފޮޓޯއިން: ވޯޓް ނެގުން ބަންދުވީ

  • ލޯކަލް ކައުންސިލް 2026ގައި ވޯޓް ކިއުތައް ބަންދުކޮށް ބައެއް މަރުކަޒުތަކުގައި ވޯޓް ފޮށިތައް ބަންދުކޮށްފައި: މިހާރު އިންތިޒާރު ކުރަނީ ނަތީޖާއަށް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

17:23 Apr 4, 2026

ވޯޓް ކިއުތައް ބަންދުކުރީއިރު ވަރަށް ގިނަ މަރުކަޒުތަކުގައި ވޯޓްލާ ކިއު ވަރަށް ދިގު. 

ލޯކަލް ކައުންސިލް އިންތިހާބު 2026ގައި ވޯޓް މަރުކަޒެއްގައި ގިނަ ބަޔަކު މިއަދު ކިއު ހަދާފައި (ދައުރު ފޮޓޯ/ޓީޓީޕީ)
 
17:19 Apr 4, 2026

ވޯޓް ކިއުތައް ބަންދުކޮށްފި

5 ޖެހުމާ އެކު ވޯޓް ކިއުތައް ގިނަ މަރުކަޒުތަކުގައި މިހާރު ވަނީ ބަންދުކޮށްފައި. 

16:56 Apr 4, 2026

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/ޓީޕީޕީ)

15:59 Apr 4, 2026

15:59 Apr 4, 2026

ވޯޓުލާ ވަގުތު 5 ޖަހަންދެކަށް އިތުރުކޮށްފި

ވޯޓުލާ ވަގުތު 5 ޖަހަންދެކަށް އިތުރުކޮށްފި. އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ ހޫނު ގަދަވެ، ކިއޫތައް ދިގުވެ،ގިނަ ބަޔަކަށް ވޯޓު ލުމަށް ދަތިވެފައިވާތީ ހަވީރު 5 ޖެހުމާ ހަމަ އަށް އެ ވަގުތު އިތުރުކޮށްފައިވާ ކަމަށް. އަދި އޭގެ ކުރިން ކިއޫއަށް އެރުމަށް.  

15:55 Apr 4, 2026

15:53 Apr 4, 2026

ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ބުނީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އާންމު ގޮތެއްގައި އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށްދާކަން ފާހަގަކުރެވޭ ކަމަށް. ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ފަދަ ކަމެއް އެ ކޮމިޝަނުގެ ސަމާލުކަމަށް މިހާތަނަށް އައިސްފައިނުވާ ކަމަށް ވެސް އެ ތަނުން ބުނި.

14:30 Apr 4, 2026

އީސީގެ ރައީސް މުހައްމަދު ޒާހިދު ދެންމެ ވިދާޅުވީ، މިހާ ހިސާބަށް އައިރު ވޯޓުލެވޭ އާބާދީގެ %44.75 ވޯޓުލާ ނިމިފައިވާ ކަމަށް. އެއީ ވޯޓުލާން ނުކުންނަ އަދަދަށް ބަލާއިރު ރަނގަޅު އަދަދެއް ކަމަށް އޭނާ ވިދާޅުވި.

މާލޭގައި ބައެއް ފޮށިތަކުގައި ބައެއް ކުދިކުދި މައްސަލަތައް ދިމާވިޔަސް، ބޮޑެތި މައްސަލަތަކެއް ދިމާނުވާ ކަމަށާއި އިންތިޒާމުކޮށްފައިވާ ގޮތަށް ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްދާ ކަމަށް ޒާހިދު ވިދާޅުވި.

އެންމެން ވެސް 4 ޖެހުމުގެ ކުރިން ވޯޓުލައި ނިންމާލުމަށް ޒާހިދު އިލްތިމާސްކުރެއްވި.

14:00 Apr 4, 2026

ފުލުހުން ދެންމެއަކު ބުނީ ގދ. ގަދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފެހެއްޓޭ ކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް. ނަމަވެސް، މިހާރު އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނި.

13:29 Apr 4, 2026

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

12:46 Apr 4, 2026

އިލެކްޝަންސް ކޮމިޝަނުން ދެންމެއަކު ބުނީ މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 62،083 ނުވަތަ %21.05 މީހުން ވޯޓުލާފައިވާ ކަމަށް.

12:29 Apr 4, 2026

11:54 Apr 4, 2026

11:48 Apr 4, 2026

އިލެކްޝަންސް ކޮމިޝަނުން ދެންމެއަކު ބުނީ މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް 58،819 ނުވަތަ %19.95 މީހުން ވޯޓުލާފައިވާ ކަމަށް.

11:46 Apr 4, 2026

މިއަދު ކުރިއަށްދާ އިންތިހާބުތަކުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ވަރަަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ޑިމޮކްރަސީ ހިނގަމުންދާ ތަން ފެނިވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅަށް އުފާވެރިިކަން ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ.

11:27 Apr 4, 2026

  • ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

  • ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

  • ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
  • ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

  • ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

11:21 Apr 4, 2026

މިއަދު ކުރިއަށްދާ އިންތިހާބުތަކާ ގުޅިގެން އެމްޑީޕީން ކުރި ކެމްޕޭންތަކުން ފެނުނީ މި ސަރުކާރާ މެދު ދިވެހިންގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ކަމަށާއި އެކަން މިއަދުގެ ވޯޓުގައި ރައްޔިތުން ދައްކާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްެޖެ.

11:17 Apr 4, 2026

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ އިސްކަންދަރު ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

11:10 Apr 4, 2026

މިއަދުގެ އިންތިހާބު:

  • ވޯޓުލެވޭ މީހުންގެ އަދަދު: 294،876 މީހުން

  • ކައުންސިލް އާއި އަންހެނުންގެ ކޮމިޓީ، މިއިން ކޮންމެ ތަނަކަށް: 678 މަގާމަށް މީހުން އިންތިހާބު ކުރާނެ

  • ކައުންސިލް ކެންޑިޑޭޓުންގެ އަދަދު: 1،368 

  • ޑަބްލިއުޑީސީގެ ކެންޑިޑޭޓުންގެ އަދަދު: 1،597 

  • ފޮށީގެ އަދަދު: 588 

  • އީސީގެ އޮފިޝަލުންގެ އަދަދު: 6،581

  • މޮނިޓާކުރުމަށް: 8،000އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ

11:09 Apr 4, 2026

11:09 Apr 4, 2026

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ހެންވޭރު ދަނޑުގައި ހުރި ވޯޓުފޮއްޓަކަށް.

10:47 Apr 4, 2026

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

10:41 Apr 4, 2026

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު 10 ޖެހުމާއަށް 41،162 ނުވަތަ %13.96 މީހުން ވޯޓުލާފައިވާ ކަމަށް.

10:36 Apr 4, 2026

ރާއްޖޭގެ އިންތިހާބުތައް ތަރުތީބުކުރެވިފައިވާ ގޮތާ މެދު ހިޔާލު ހޯދުމުގެ މުހިންމު ވޯޓެއް އޮތް ނަމަވެސް ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ޒިންމާ އަދާކޮށްފައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ.

10:32 Apr 4, 2026

މާލޭގެ މޭޔަރު ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިސްމާއިލް ޒަރިޔަންދު ވޯޓުލައްވައިފި.

10:26 Apr 4, 2026

މާލޭގެ މޭޔަރު ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލު ވޯޓުލައްވައިފި.

10:17 Apr 4, 2026

ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން):

  • 1-

    އިބްރާހިމް ހަސަން، ޕީއެންސީ

  • 2-

    މިހާރުގެ މޭޔަރު މުހައްމަދު އާތިފް، އެމްޑީޕީ

10:13 Apr 4, 2026

މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ މިހާރުގެ މޭޔަރު އާްދަމް އާޒިމް ވޯޓުލައްވައިފި.

10:02 Apr 4, 2026

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

09:58 Apr 4, 2026

ކުރީގެ ރައީސް ޔާމީން ވޯޓުލައްވައިފި. އެ މަނިކުފާާނު ވޯޓުލެއްވީ އަހުމަދިއްޔާ ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

09:52 Apr 4, 2026

ފުވައްމުލަކު މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން):

  • 1-

    މިހާރުގެ މޭޔަރު އިސްމާއިލް ރަފީގު، އެމްޑީޕީ

  • 2-

    އަލީ މަސީހް، ޕީއެންސީ

09:49 Apr 4, 2026

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން):

  • 1-

    މުހައްމަދު އަހުސަމް، އަމިއްލަ ގޮތުން

  • 2-

    މުޝްރިފް އަލީ، ޕީއެންސީ

  • 3-

    މިހާރުގެ މޭޔަރު އަލީ ނިޒާރު، އެމްޑީޕީ

09:43 Apr 4, 2026

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން):

  • 1-

    އަހުމަދު އައިހަމް މުހައްމަދު، އަމިއްލަ ގޮތުން

  • 2-

    އިސްމާއިލް ޒަރިޔަންދު، އަމިއްލަ ގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު

  • 3-

    މިހާރުގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީ

  • 4-

    މޫސާ އަލީ ޖަލީލު، ޕީއެންސީ

  • 5-

    އަބްދުﷲ މަހުޒޫމް މާޖިދު، އެމްޑީއޭ

09:38 Apr 4, 2026

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

09:35 Apr 4, 2026

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ ހުރިހާ މަރުކަޒެއްގައި ވޯޓުލުން މިހާރު ފަށާފައިވާ ކަމަށް.

09:34 Apr 4, 2026

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

09:26 Apr 4, 2026

އިލެކްޝަންސް ކޮމިޝަން ބުނީ ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ފަށާފައިވާ ކަމަށް. ވޯޓުލުން ނުފެށި ހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެ މީހުން ހާޒިރުނުވާ ތަންތަން ކަމަށް އެ ތަނުން ބުނި.

09:05 Apr 4, 2026

ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ބުނީ އިންތިހާބު އޮބްޒާވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް.

08:59 Apr 4, 2026

ވޯޓުލެއްވުމަށް ފަހު ރައީސް ނޫސްވެރިންނަށް ދެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ވޯޓުލުމަކީ އަސާސީ ގާނޫނީ ހައްގެއް ކަމަށް. އެހެންވެ، މި އަސާސީ ހައްގު އަދާކުރުމަށް ވޯޓުގައި ބައިވެރިވުމަށް ރައްޔިތުންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި.

08:54 Apr 4, 2026

ރައީސް މުހައްމަދު މުއިއްޒު ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް.

08:29 Apr 4, 2026

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

08:16 Apr 4, 2026

މިއަދު ނަގާ 3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެފި. މިއީ، އެ ޕާޓީން ބުނި ގޮތުގައި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް ކުރާ ކަމެއް.

މިއަދު ތިން ވޯޓެއް: އިންތިހާބުތައް އެއްކޮށްލުމާ މެދު ގޮތެއް ނިންމުމާއި ކައުންސިލް އިންތިހާބު ފެށެނީ

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ތިން ވޯޓެއްލުން ކުރިއަށްދާނެ އެވެ.

މިއަދު ކުރިއަށްދާ ވޯޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބު 

  • ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު

މި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8ގަ އެވެ. އަދި ވޯޓުލުން ނިންމާލުމަށް ފަހު ފޮށިތައް ބަންދުކުރާނީ ހަވީރު 4ގަ އެވެ.

މި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.

ކޮމެންޓް (2)

ހިމާރުލްގައުމު

5 އޭޕްރީލު 2026
މުއިއްޒޫ ފެނޭތަ؟ ވަޑިފަލާހު ފެނޭތަ؟ ހީނާ ފެނޭތަ؟ ޝިއުނާ ފެނޭތަ؟ މަލްޝާ ފެނޭތަ؟ ރާކާނިމަސް ކައިގެން ވާރޭފެން ބޮއެ ދެން.
0 0

ކޮސް

4 އޭޕްރީލު 2026
ތިލަފަތުން މިހާރުވެސް މިކަން ނިންމައިފިޔޭ.... މުއިއްޒު އިސްތިއުފާ ދެއްވާފަ ދިމްޔާތު ގަޑުވަރަށް ވަޑައިގަންނަވަން ދަންނަވަން....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް