މިއަދުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލެއްވުން. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ޑިމޮކްެރަސީ ހިނގަމުންދާ ތަން ފެންނާތީ އުފާވޭ: ނަޝީދު

ވަަރަށް ސުލުހަވެރިކަމާއި ފޯރީގައި ހުރިހާ ޕާޓީތަކުން ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވާތީ އާއި މިއަދުގެ ވޯޓުލުމުގެ ކަންކަން ވެސް އޮމާންކަމާ އެކު ކުރިއަށްދާތީ އުފާކުރައްވާ ކަމަށް ނަޝީދު ވިދާޅުވި

މިއަދު ކުރިއަށްދާ އިންތިހާބުތަކުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ވަރަަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ޑިމޮކްރަސީ ހިނގަމުންދާ ތަން ފެނިވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅަށް އުފާވެރިިކަން ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކަށް ދެންމެ ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ހުރިހާ ޕާޓީތަކުން ވެސް މި އިންތިހާބުގެ ކެމްޕޭނުގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ ވަރަށް ސުލުހަވެރިކަމާ އެކު، ފޯރީގައި ކަމަށެވެ.

މިއަދު ވޯޓުލުމުގެ ކަންކަން ވެސް އޮމާންކަމާ އެކު ކުރިއަށްދާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ މަންޒަރުތައް ފެނުމުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ. ވަަރަށް އޮމާންކަމާ އެކު ހުރިހާ ބޭފުޅުން ވެސް ވޯޓުދެމުން އެބަ ގެންދޭ. ދެން އަދި ކެމްޕޭންތައް ވެސް ސުލުހަވެރިކަމާ އެކު ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޖޯޝާއި ފޯރީގައި ކެމްޕޭންތައް ވެސް ހިންގިއްޖެ. އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބޭ މަންޒަރުތަކެއް ޑިމޮކްެރަސީ ހިނގަމުންދާ ތަން ފެންނަކަމީ،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ނަޝީދު ވިދާޅުވީ ގާނޫނީ ދައުލަތެއް ހިފެހެއްޓި، ތަނަވަސްކަން ހޯދޭނީ މި ނިޒާމު ފައްކާކޮށްގެން ކަމަށެވެ. އެއަށް ފަހު ހުރިހާ އެންމެން ވެސް ނުކުމެ ވޯޓުގެ ހައްގު އަދާކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ. 

"ދެން އަޅުގަނޑު ދަންނަވާނީ ހުރިހާ ބޭފުޅުންގެ ވެސް މަސްއޫލިއްޔަތެއް، ވާޖިބެއް ވޯޓު ދިނުމަކީ. އަޅުގަނޑުމެންނަށް ގާނޫނީ ދައުލަތެއް ހިފެހެއްޓި، އަޅުގަނޑުމެންގެ ތަނަވަސްކަން ހޯދެނީ މި ނިޒާމު ފައްކާކޮށް، ކުރިއަށް ގެންދެވިގެން. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (2)

މާއުފާވާނެ

4 އޭޕްރީލު 2026
ވޯޓްލާ ނިމޭ އިރަށް ވާނެ ވޯޓްގައި މަކަރު ހަދާފިޔޭ ކިޔާފާ ހައިޖާނުހަދަން އައުވާނުން މަގުތަކަށް ނެރެ ގާއުކާ ތަންތާ ހުޅުޖަހަން. އޭރުން ކަލޭ ހިތްހަމަ ޖެހޭނީ.
0 0

ސިކުނޑި

4 އޭޕްރީލު 2026
އަންނި ފެނަށް ދިރިއްޖެ! ނަތިޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން! އަންނިއަށް ކުރީދައުރުން ނުނިމިއޮތް ދެ އަހަރު ބަޔާއި އިތުރު ދައުރެއް ހައްގު!!
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް