ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ކެމްޕޭންތަކުން ފެނުނީ ސަރުކާރަށް އޮތް ނުރުހުން؛ ވޯޓުން އެކަން ރައްޔިތުން ދައްކާނެ: ސޯލިހު

ސޯލިހު ވިދާޅުވީ މިއަދު އޮންނަ ތިން ވޯޓުން ވެސް އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް

މިއަދު ކުރިއަށްދާ އިންތިހާބުތަކާ ގުޅިގެން އެމްޑީޕީން ކުރި ކެމްޕޭންތަކުން ފެނުނީ މި ސަރުކާރާ މެދު ދިވެހިންގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ކަމަށާއި އެކަން މިއަދުގެ ވޯޓުގައި ރައްޔިތުން ދައްކާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްެޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ތިން ވޯޓެއް ކުރިއަށް އެބަދެ އެވެ. އެއީ:

  • ކައުންސިލުތަކުގެ އިންތިހާބު 

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު 

  • ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު

ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ފާއިތުވެދިޔަ ދެ މަސްދުވަހު އެމްޑީޕީން ކެމްޕޭންކުރީ ވަރަށް ދަތީގައި ކަމަށާއި އެކަމަކު އެ ކެމްޕޭންތަކުން ފާހަގަކުރެވުނީ ރައްޔިތުންގެ ހިތުގައި މި ސަރުކާރަށް އޮތް ނުރުހުން ކަމަށެވެ. 

"އަޅުގަނޑަށް ފެނުނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މި ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަނުޖެހުން. މިއަދުެގެ ވޯޓުން އިރާދަކުރެއްވިއްޔާ އެކަން ރައްޔިތުން ދައްކާނެ ކަމަށް ގަބޫލުކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބާ އެއްކޮށްލުމަކީ ވަރަށް ދެރަކޮށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އޭގެން ނުކުންނަ ނަތީޖާއަކީ ވަރަށް ގިނަ ކަންކަމަށް ދަތިތަކެއް ކުރިމަތިވުން ކަމަށެވެ.

އެކަމަކު މިއަދު އޮންނަ ތިން ވޯޓުން ވެސް އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. 

ކޮމެންޓް (1)

އަހަންމަދު

4 އޭޕްރީލު 2026
ތިބުނީ އިދިކޮޅަށް. އެމްޑީޕީ ބަލައިނުގަންނަކަން މިފަހަރު ރައްޔިތުން ދައްކާނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް