އޭސީސީގައި މިއަދު އެމްޑީޕީން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން. (ދަފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

އޭސީސީ

އިންތިހާބަށް 2 ދުވަސް އޮއްވާ އޭސީސީގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

އޭސީސީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ނިންމުން މި އައީ އެ ކޮމިޝަނުން އިންތިހާބާ ގުޅޭ ޝަކުވާތައް ބަލަމުންދާ ނުދާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅު ކުރަމުންދަނިކޮށް

ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ނުދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ސަރުކަރުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުން ފެށިގެން ބޮޑު މުސާރަ ހިނގާ ގޮތަށް ނިންމައި ޕޭ ކޮމިޝަނުން ވަނީ އޭސީސީއަށް މިހާރު ސިޓީ ފޮނުވާފަ އެވެ. އެކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

އޭސީސީގައި މިއަދު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުން:

ތަފްސީލު - މިކަމާ ގުޅިގެން 'ދައުރު'ން އޭސީސީއާ ސުވާލު ކުރި ނަމަވެސް އެ ކޮމިޝަންގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ދައުލަތުގެ ޕޭ ހާމަނައިޒް ކުރުމުގެ އުސޫލުގެ ދަށުން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަމުން އަންނަ ކަމަށެވެ. 

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ އުސޫލުގެ ދަށުން މިއަދުން ފެށިގެން ދެން އޭސީސީ މުވައްޒަފުންނަށް ހިނގާނީ ބޮޑު ކުރި މުސާރަ އެވެ. އެކަން ސިޓީއަކުން ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕޭ ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އޭސީސީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ނިންމުން މި އައީ އިންތިހާބަށް ދެ ދުވަސް ވެފައި ވަނިކޮށެވެ. އަދި އެ ކޮމިޝަނުން އިންތިހާބާ ގުޅޭ ޝަކުވާތައް ބަލަމުންދާ ނުދާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅު ކުރަމުންދަނިކޮށެވެ.

ކޮމެންޓް (1)

ތެފައާސާ.

1 އޭޕްރީލު 2026
ދައުލަތް ދޮވެ ހުސްކޮށްލައިގެން ވިޔަސް 2 އިންތިޚާބު އެއްކުރާ ރިފަރަންޑަމް ނަގަން ސަރުކާރުން މިވަރަކަށް ފޫގަޅައިގެން މިތިބި ސަބަބެއް ހޯދަން އެބަޖެހޭ. ކައުންސިލް އިންތިޚާބަކީ އެއްވެސް އިރެއްގައި އެއްވެސް ސަރުކާރަކުން މިވަރަކުން އުޅޭ އިންތިޚާބެއް ނޫން. އަދި މިސާލަކަށް އިދިކޮޅު މީހުން ކައުންސިލަށް ހޮވުނަސް އާދައިގެ މަތިން އެމީހުން "ގަނެލައިގެން" ސަރުކާރު ކޮޅަށް ގެންދިއުން އެއީ މާކަ އުނދަގޫ ކަމަކަށް ނުވާނެ. އެހެންވީމާ މުޅި ދައުލަތް ދޮވެލައިގެން މި ކުރަން އުޅޭ ކަމަކީ ދެ އިންތިޚާބު އެއްކުރުންކަން ވަރަށް ސާފު. ސާފު ނޫނީ އޭގެ ފަހަތުގައި ފޮރުވިފައިއޮތް ހީލަތްތެރި ރޭވުން!!!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް