ހަނިމާދޫ ރައްޔިތުންނަށް ގޯތިނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެނައުމާ ދެކޮޅަށް ހަނިމާދޫގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން (ފޮޓޯ/ގޮށްކޮޅު)

ހދ. ހަނިމާދޫ

ހަނިމާދޫ އިން ހިރިމަރަދޫ މީހުންނަށް ގޯތި ދޭން އުޅޭ މައްސަލަ ކައުންސިލުން ފުލުހަށް: 'ޖިނާއީ ކުށެއް ނެތް'

އާބާދީގައި 300 ހަމަނުވާ ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ނިންމާފައި. މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ މިހާރު ވަނީ އުނި ވެސް ކޮށްފައި

ހދ. ހަނިމާދޫ އިން އެ އަތޮޅު ހިރިމަރަދޫ މީހުންނަށް ގޯތި ދޭން އުޅޭތީ ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލައެއް ނުބަލަން ފުލުހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެރަށަށް ހިރިމަރަދޫ މީހުން ގެނެސް ގޯތި ދިނުމާ ދެކޮޅަށް މުޒާހަރާކޮށް އެކަން ހުއްޓުވަން ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ.

ފުލުހުން މިއަދު ވަނީ ހަނިމާދޫ އިމް ބިން ދޫކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ތަފްސީލް - ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުން މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަން އެނގިފައިވާ ކަމަށެވެ.

މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 އެނގުން މުހިއްމު - އާބާދީގައި 300 ހަމަނުވާ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ނިންމާފަ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ މިހާރު ވަނީ އުނި ވެސް ކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިޖުރަކުރަން ބޭނުންވާ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ގިނަވެގެން ދޮޅު އަހަރު ތެރޭގައި ގެ އަޅައި ނިންމައި، ގެތައް ހަވާލުކުރާނެ އެވެ.


ކޮމެންޓް (1)

ދަތުރު

17 މާރިޗު 2026
އެކަމަކީ ސިޔާސީގޮތުން ވަކިބަޔަކު ކުރާކަމެއް. އެހެން ބަޔަކަށް ކަމެއް ލިބެން ނޭދޭވަރު އެ ހުންނަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް