ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން ބައްސާމް

ފާޑުކިޔުންތައް އަމާޒުވި ފަހުން ބައްސާމް އަލުން ޖަލު ބަންދަށް ބަދަލުކޮށްފި

ކަރެކްޝަންސްއިން ބުނި ގޮތުގައި، އަލުން ޖަލު ބަންދަށް ބައްސާމް ބަދަލުކޮށްފައި ވަނީ ޖަލުގައި ބަހައްޓައިގެން އޭނާއަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހުމުން

އެފްމްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ، 32 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ގޭބަންދުން ޖަލު ބައްދަށް ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބައްސާމް ގޭބަންދަށް ބަދަލު ކުރަން ކަރެކްޝަންސްއިން ނިންމާފައި ވަނީ އިއްޔެ އެވެ. އެ ނިންމުން ރޭ ސޯޝަލް މީޑިއާގައި ތިލަވި އެވެ. އެއާ އެކު އާންމުންގެ ފާޑުކިޔުން ކަރެކްޝަންސްއަށް އަމާޒުވި އެވެ.

ތަފްސީލު - ބައްސާމް ގޭބަންދަށް ބަދަލު ކުރިކަން ކަށަވަރުކޮށް، މީޑިއާތަކުން ރޭ ދަންވަރު އެ ހަބަރު ރިޕޯޓު ވެސް ކުރި އެވެ. އޭރު ކަރެކްޝަންސްގެ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ކޮމެންޓެއް ނުލިބެ އެވެ.

ނަމަވެސް މީޑިއާތަކުން ހަބަރު ރިޕޯޓު ކުރި ފަހުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ރޭ ނޫސްވެރިންނަށް ފޮނުވި މެސެޖްގައިވާ ގޮތުން:

  • ބައްސާމް ގޭބަންދަށް ބަދަލުކޮށްފައި ވަނީ ސިއްހީ ހާލަތާ ވަގުތީ ގޮތުން ކަމަށް

  • އެއީ ކިހާ މުއްދަތަކަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވޭ

އޭގެ ފަހުން މިއަދު ހެނދުނު މީޑިއާ އޮފިޝަލް ވިދާޅުވީ، "ބައްސާމް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު، ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން" ކަމަށެވެ. އަދި އޭނާ ގޭބަންދަށް ބަދަލު ކުރަން ނިންމި ނިންމުމަކީ، ކަރެކްޝަންސްއިން އެފަދަ ހާލަތްތަކުގައި އަމަލުކުރަން އޮންނަ ގަވައިދާ އެއްގޮތް ކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށް ފަހު ދޭ ފަރުވާއަށް އަވަސްކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހުމުން އޭނާ ވަނީ ޖަލަށް ބަދަލުކޮށްފައި،" ކަރެކްޝަންއިން ބުންޏެވެ.

އެނގުން މުހިންމު - ބައްސާމްގެ މައްޗަށް ހުކުމްކޮށްފައިވަނީ:

  • އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރު

  • ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުން 1 މިލިއަން ޑޮލަރަށް އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް ކަމަށް ބުނާ މައްސާލަގައި 23 އަހަރު

ކޮމެންޓް (1)

ތެފައާސާ.

17 މާރިޗު 2026
ދައުރެއް ދެބައިވާން މި ދަނީ އުނބަށް ޖެހުމުގައި!!!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް