އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މާފުށި ޖަލުން އޮންލައިންކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގެން --

ބައްސާމް ގޭބަންދަށް ބަދަލުކޮށްފި

ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން

ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއްގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ވީކިިހިނެއް؟ - ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ތަފްސީލް - އޭނާ ގޭބަންދަށް ބަދަލުކުރިކަން ކަރެކްޝަންސްގެ އޮފިޝަލަކު 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ކަމުގައި ކަރެކްޝަންސްގެ ރަސްމީ ބަހެއް ނުލިބޭތީ ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ބައްސާމްގެ މައްޗަށް ހުކުމްކޮށްފައިވަނީ:

  • އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރު

  • ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުން 1 މިލިއަން ޑޮލަރަށް އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް ކަމަށް ބުނާ މައްސާލަގައި 23 އަހަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް