ސަރުކާރުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓްރު އަބްދުﷲ ހަލީލް

ހުރިހާ ހަމަލާތަކެއް ކުށްވެރިކޮށް، ސުލްހަ ގާއިމްކުރަން ރާއްޖެއިން ގޮވާލައިފި

ހަމަލާތަކާ ގުޅިގެން އެއްވެސް ގައުމެއްގެ ނަން ނުގެނެސް ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރ9ކޮށްފައިވޭ

މެދުއިރުމަތީގައި މިހާރު ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ސުލްހަވާން ދިވެހި ސަރުކާރުން މިރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އިސްވެ އީރާނަށް ވަނީ ހަމަލާދީފަ އެވެ. އެއާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އެއްވެސް ގައުމެއްގެ ނަން ނުގެނެސް ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ:

  • މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ކަންބޮޑުވޭ

  • ހުރިހާ ދިމާލަކުން ދެމުންގެންދާ ހަމާލަތައް ކުށްވެރިކޮށް، ސުލްހަވެރިކަން ގާއިމްކުރުމަށް ގޮވާލާފައިވޭ

"ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ވެސް ރާއްޖެއިން ގޮވާލަނީ، ސުލްހަމަސަލަސްކަން ގާއިމުކުރުމަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ހުރިހާ ގައުމެއްގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް ހުރިހާ ގައުމަކުން ވެސް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭ."

އޭގެ އިތުރުން، ހިޔާލު ތަފާތުވާ މައްސަލަތައް ސުލްހަވެރިކަމާ އެކު ހައްލުކުުރުމަށް ރާއްޖެއިން އަބަދު ވެސް ވަކާލާތު ކުރާކަން ފާހަގަކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމަށް ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

1 މާރިޗު 2026
ފިނޑިވެ އަޅުވެތިވެ ދެފުއްކެހެރިވިޔަސް ވާންވާނީވެސް ވަކިވަރަކަށްތާއެވެ. އެއްވެސް ހައްގަކާއި ނުލައި، ބައިނަލްއަގްވާމީ ގާނޫނުތަކާއިވެސް ޚިލާފަށް އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދީ އެތަކެއް ސަތޭކަ ކުޑަކުދިންނާއި އާންމުންގެ ބޮލަށް ބޮންއަޅައި މަރަން ފެށުމުން، އީރާނުން ރައްދުގައި އިޒްރޭލަށާއި، ވަށައިގެންތިބި ޔަހޫދީންގެ ޕަޕެޓު އަރަބި ގައުމުތަކުގައި ގާއިމްވެގެންތިބި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ފެށުމުން، މުއިއްޒުގެ ސަރުކާރުން ނެރުނު ބަޔާނުގައި މިއޮތީ "ހުރިހާ ފަރާތްތަކުގެ ހަމަލާ ކުށްވެރި ކުރާކަމަށެވެ". މިއިރު، އެއްފަރާތުން ހަމަލާ މި ދެނީ ގައުމެއް ފުނޑުފުނޑުކޮށްލައި އަޅުވެތިކުރާށެވެ. އަނެއް ފަރާތުން ހަމަލާ މި ދެނީ އެމީހުންގެ އަމިއްލަ ދީނާއި ގައުމުގެ ދިފާއުގައެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް