އީސީގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ރިފްއަތު އިއްޔެ ބޭއްވި މަޖިލީހުގެ ކޮމިޓީ އިންޓަވިއުގައި. (ފޮޓޯ/ މަޖިލިސް)

ޒާހިރުގެ ބަދަލުގައި އީސީއަށް ރިފްއަތު އައްޔަން ކުރަން ރުހުން ދީފި

ރިފްއަތު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 58 ވޯޓުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ބަދަލުގައި އެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ޑެޕިއުޓީ ޑީރެކްޓްރެއްގެ މަގާމު އަދާ ކުރެއްވި ރިފްއަތު އަބްދުﷲއަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އީސީގެ މެންބަރުކަމަށް މިދިޔަ މަހު ހުޅުވާލީ ޒާހިރުގެ ފަސް އަހަރުގެ ދައުރު މި މަހު 21އަށް ހަމަވާތީ އެވެ.

އެ މަގާމަށް ޒާހިރު ހިމެނޭހެން ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ރައީސް އިހްތިޔާރު ކުރެއްވީ ރިފްއަތެވެ. އަދި ރިފްއަތު އެ މަގާމަށް އައްޔަން ކުރަން ރުހުން ހޯދުމަށް މިދިޔަ ހަފްތާގައި މަޖިލީހަށް ފޮނުއްވި އެވެ.

ތަފްސީލު - ރައީސް ފޮނުއްވި ގޮތަށް ރިފްއަތު އެ މަގާމަށް އައްޔަން ކުރަން އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

އެ ރިޕޯޓަށް ވޯޓަށް އެހުމުން، ރިފްއަތު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 58 ވޯޓުންނެވެ.

ރިފްއަތު 2017 އިން 2019އާ ދެމެދު އީސީގެ ލީގަލް ޑިޕާޓްމަންޓްގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.

ރިފްއަތު މި މާގާމަށް އައްޔަން ކުރުމަށް ރުހުން ދިނުމަށްޓަކައި އިއްޔެ މަޖިލީހުގެ ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށް ބޭއްވި ބައްދަލުވުން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް