ފެނަކަ ކޯޕަރޭޝަނުން 8 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު: ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ސައީދު އިއްޔެ ވަނީ ގޭބަންދަށް ބަދަލުކޮށްފައި (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފެނަކަ ސައީދު

ފެނަކަ ސައީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފި

ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަންސް އިން ބުނި

ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ -  ފެނަކައިގެ އިސްވެރިޔަކަށް ސައީދު ހުންނެވިއިރު، އެ ކުންފުނީގެ ފައިސާއަށް އޭނާ ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް ހުކުމްކޮށްފައި ވަނީ މިދިޔަ ސެޕްޓަމްބަރު މަހު އެވެ.

އިއްޔެ އޭނާ ގޭބަންދަށް ބަދަލު ކުރިކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ކަރެކްޝަންސްގެ ބަސް - "ސައީދުގެ ސިއްހީ ހާލަތާ ހުރެ އިއްޔެ ވަގުތީ ގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި،" މިކަމާ ގުޅޭ ގޮތުން ކަރެކްޝަންއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އެ ތަނުގެ ތަރުޖަމާނު އައިމިނަތު ޔުސްރީން ވިދާޅުވި އެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖަލަށް ހުކުމް ކުރި ފަހުން ސައީދުގެ ސިއްހީ ހާލަތު ގޯސްވެގެން، އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް (2)

ޞައްދާމު

16 ފެބްރުއަރީ 2026
ޖަލުގައި، ބަންދުގައި ބަހައްޓަން ޙުކުމް ކުރީ ޞިއްޙީ ޙާލަތަށް ބަލާފަ ދޯ؟ ދެން ކޮން ގޭބަންދެއް؟
0 0

ވޯކް

16 ފެބްރުއަރީ 2026
މީ މި ސަރުކާރުގެ ފުރަތަމަ ސިޔާސީ ހައްތަޔަރީން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް