ޓައިމް މެގަޒިންގައި ރައީސް މުހައްމަދު މުއިއްޒާ ބެހޭ ގޮތުން ލިއުނު ލިއުމުގައި ހިމެނި ފޮޓޯފުޅު

ރައީސް މުއިއްޒު ޓައިމްގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި

މި ލިސްޓުގައި ރައީސް މުއިއްޒު ހިމެނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވަމުން ގެންދަވާ އިސްކަމަށް ބަލާފައި

އެމެރިކާގެ ޓައިމް މެގަޒިންއިން މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - ޓައިމްއިން މިއަދު ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. މިއީ އެ މެގަޒިންއިން ނެރުނު މިފަދަ ތިން ވަނަ ލިސްޓެވެ.

ތަފްސީލު - މި ލިސްޓުގައި ރައީސް މުއިއްޒު ހިމެނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވަމުން ގެންދަވާ އިސްކަމަށް ރިއާޔަތްކޮށްފަ އެވެ. އެގޮތުން ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ސިޔާސަތުތައް ފާހަަގަކުރި އެވެ.

ދުންފަތާ ދެކޮޅަށް މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުން

  • ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުން

  • 2007އިން ފެށިގެން އުފަންވި ކުދިންނަށް ސިނގިރޭޓު ވިއްކުމާއި ބޭނުންކުރުން މަނާކުރުން

  • އުމުރުން 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުން މަނާކުރުން

ފާހަގަކޮށްލެވޭ - ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިދިޔަ އަހަރު އެވޯޑެއް ވެސް އަރުވާފައިވެ އެވެ.

ޓައިމް މެގެޒިންގެ އެކި ދާއިރާތަކުން އެކުލަވާލައި ލިސްޓްތަކުން ޖާގަ ލިބުމަކީ ދުނިޔޭގެ ފެންވަރުގެ އަގުވަޒަންކުރުމެކެވެ. މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކޮމެންޓް (2)

ސިކުނޑި

12 ފެބްރުއަރީ 2026
ދުންފަތާ ދެކޮޅަށް މިސަރުކާރުން އެޅި ފިޔަވަޅުތައް އަޅަނީ ފިޔަވަޅު މަތީގައި! ކުރިޔަކަށްނުދޭ!
1 1

ތެފައާސާ.

12 ފެބްރުއަރީ 2026
މަރުހަބާ ރައީސް މުއިއްޒު!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް