2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ. (ފޮޓޯ/މަޖިލިސް)

ރިސޯޓުތައް

އެސްއޯއީ ރިިސޯޓުތަކުން ކޮންމެ ދިވެއްސަކަށް މަދުވެގެން އަހަރަކު 400 ޑޮލަރު ލިބޭނެ: ރައީސް

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތުންނަށް ދޭން ކެބިނެޓުން ވަނީ ފާސްކޮށްފައި
5 ފެބްރުއަރީ 2026
4

ސަރުކާރު ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން ފާސްކުރިކަން ރައީސް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ބުނީ ކީކޭ؟ - އެ ރިސޯޓުތައް ތަރައްގީކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގަ އެވެ. އެހެންކަމުން ރައީސް އަންދާޒާ ކުރައްވަނީ، އެ އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށެވެ.

"ހިސާބު ހަދާލާއިރު އެވަރޭޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރިސޯޓުތަކުގެ ފައިދާ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަކަމާ އެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، މިދިޔަ ޑިސެމްބަރުގައި ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް (4)

ޝަކީރާ

5 ފެބްރުއަރީ 2026
ތިޔަ ރިސޯޓަށް ކިޔާނީ ބިލާސް ބީޗް އެންޑް ސްޕާ ދޯ. ހުވަފެން ބިލާހަކަށް ނޫނީ ނުވާނެ
6 1

ތޫބީ

5 ފެބްރުއަރީ 2026
ވައުދުވީމާ އިންތިޚާބު ކާމިޔާބުކޮށްދީފި ރައްޔިތުން. އެކަމަށް ވައުދުވީ ކަންކަން ފުރަތަމަ ނިންމާފައި އާ ވައުދެއް ވާންޖެހޭނީ. ވައުދު ހުއްޓާ ވައުދުވީމާ ތީތި ކަޑައޭ.
6 1

ކިރުދޫނި

5 ފެބްރުއަރީ 2026
މިކަހަލަ ވާހަކަތައް ވާނީ ބިލާހަކަށް. ރައްޔިތުންގެ ވިސްނުން ބަދަލުކުރަން ދައްކާހާ ވާހަކަމިއީ......
6 1

ތެފައާސާ.

5 ފެބްރުއަރީ 2026
ކޮންމެ އިންތިޚާބަކާއި ދިމާކޮށް މިކަހަލަ މޮޅު ވައުދެއް އެބަވޭ. މަޖިލިސް އިންތިޚާބާއި ދިމާކޮށް ވައުދުވީ މާލެ ކައިރިން އާ ސަހަރެއް ހިއްކައި، ކަނޑު އަޑީގެ ބިއްލޫރި ޓަނަަކުން މާލެއާއި ގުޅާލާ ވާހަކަ. ފަހުން އެވާހަކަވީ ހަނދަށްދިއުންފަދަ ފަލްސަފާއީ ވާހަކައަކަށް. ކުރިއަށްއޮތް ކައުންސިލް އިންތިޚާބަށް ވައުދު މި ވީ ހުރިހާ ރައްޔިތުން ރިސޯޓު އޯނަރުންނަށް ހަދައި އެކައުންޓަށް ޑޮލަރު ޖަމާކޮށްދޭނެ ކަމަށް. އެންމެނަކު އަބަދަކު މޮޔަހެއްދިދާނޭކަމަށް ހީކުރާކަށް ނުވާނެ.
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް