އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/އިންޑިއާ ހައިކޮމިޝަން)

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާ ގުޅުމުގެ ފައިދާ 2 ގައުމަށް ވެސް ކުރޭ: އިންޑިއާ ސަފީރު

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ރާއްޖޭގެ އިގްތިސޯދުގައި އިންޑިއާގެ ދައުރު ފާހަގަ ކުރައްވާފައި؛ ރާއްޖެއަށް ދަތިވާ ކޮންމެ ފަހަރަކު އެ ގައުމުން ފޯރުކޮށްދޭ އެހީތެރިކަން ވެސް އޭނާ ފާހަގަ ކުރެއްވި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ފައިދާ ދެ ގައުމަށް ވެސް ކުރާ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިޔަމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ފާއިތުވި އަހަރުތަކުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެ، ހަރުދަނާވެފައިވާކަން ފާހަގަ ކުރައްވައިފަ އެވެ.

ތަފްސީލް - ސަފީރު ވިދާޅުވީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސޯދަކީ މިހާރު އިންޑިއާ ކަމަށާއި އޭގެ ފައިދާ އިންޑިއާގެ އަވައްޓެރި ގައުމުތަކަށް ވެސް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ސަފީރު ފާހަގަ ކުރެއްވި އެވެ.

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ (ފޮޓޯ/އިންޑިއާ ހައިކޮމިޝަން)

ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގައި އިންޑިއާއަކީ މުހިއްމު ބައިވެރިއެއް ކަމަށާއި ރާއްޖޭގެ މުހިއްމު ދާއިރާތަކުގައި އިންޑިއާގެ މަސައްކަތްތެރިން ވަޒީފާ އަދާކުރަމުން އަންނަ ކަމަށެވެ.

"އެ ފަރާތްތަކުގެ ފަަރާތުން ފެންނަކީ ރާއްޖެއަށް އޮންނަ ގަދަރާއި އިހުތިރާމު." ހަލީލް ވިދާޅުވި އެވެ.

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/އިންޑިއާ ހައިކޮމިޝަން)
އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/އިންޑިއާ ހައިކޮމިޝަން)

މީގެ އިތުރުން، ރާއްޖެއަށް ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު އިންޑިއާ އިން އެހީގެ އަތް ދިއްކޮށްލާމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ރޭގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ވެސް ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް