ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ވަޑައިގެންެވި ދުވަހެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، އެމަނިކުފާނާ ސަލާމް ކުރައްވަނީ (ފައިލް ފޮޓީ
2 އިންތިހާބު އެއްކޮށްލަން ކައުންސިލް އިންތިހާބުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ: ފަލާހު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރިޔަސް އެ ކަމަށް އަމަލު ކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް، އެ ބިލު ހުށަހެޅުއްވި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ވޯޓު ނުނަގާ، ސަރުކާރުގެ ފަރާތުން ފަލާހު ވަނީ ގާނޫނުއަސާސީ އިސްލާހު ކުުރުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން:
-
ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ދައުރުން ބޭރުން ބާއްވާ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސްގެ މަރުހަލާ ވަނީ ފަށާފައި
-
އެ ބަހުސްގައި ވަހަކަ ދައްކަވަމުން ފަލާހު ވަނީ މިކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުންތައް ހާމަކުރައްވާފައި
ތަފްސީލު - ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، މަޖިލީހުން އެ ބިލު ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސްއަށް ފޮނުވި ނަމަވެސް މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެގޮތުން، ފަލާހު ވިދާޅުވީ:
-
ގާނޫނުއަސާސީގެ 260 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލު ކުރުމާއި އަސާސީ ހައްގުތަކާ ބެހޭ ބާބާ ގުޅޭ އެއްވެސް ކަމެއްގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން
-
މި އިސްލާހުގެ ދަށުން މަޖިލީހުގެ އުމުރަށް ބަދަލު އަންނާތީ އެކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ
"މި ބިލު ތަސްދީގު ކުރަން މި މަޖިލީހުން ރައީސްއަށް ފޮނުވި ކަމުގައިވިޔަސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އިސްލާހު އަހާނެ... މިވަގުތު މިއީ އެންމެ ރަނގަޅު ވަގުތު ގާނޫނުއަސަސީއަށް މި އިސްލާހު ގެންނަން،" ފަަލާހު ވިދާޅުވި އެވެ.
މި އިސްލާހު ގެނައުމަށް މި ވަގުތު ރަނގަޅު ކަމަށް ފާހަގަ ކުރާ ސަބަބަކީ، ފަލާހު ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބު ކުރިއަށް އޮތުމުންނެވެ. ސަރުކާރުގެ ވިސްނުމަކީ އެ އިންތިހާބުގައި މިކަމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ އިންތިހާބަކާ ދިމާނުކޮށް މިފަދަ އިސްލާހެއް ފޮނުވާ ނަމަ، އަނެއްކާވެސް 80 މިލިއަނެއްހާ ރުފިޔާ [ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް] ހަރަދު ވާނެ،" ފަލާހު ވިދާޅުވި އެވެ.
އޭގެ އިތުރުން، ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން އެފަދަ އިސްލާހެއް ހުށަހެޅުއްވީ އަވަސް އަރުވާލައިގެން ކުރުމުގެ ބޭނުމުގައި ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ. މިއީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުން ކަމަށް އިދިކޮޅު އެމްޑީޕީން ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުރުން ބޭރުން ޖަލްސާއެއް ބޭއްވި ކަމުގައި ވިޔަސް، މިވަގުތު މަސައްކަތް ފަށައިގެން އަޅުގަނޑުމެން މިއުޅެނީ މިއަދުން މިއަދަށް މި ބިލު ފާސް ކުރާކަށް ނޫން. ކޮމިޓީ މަރުހަލާގައި ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ވެސް ކުރާނެ،" ފަލާހު ވިދާޅުވި އެވެ.
ކޮމެންޓް (2)
ވަމުންދާ ގޮތް
ބބވޗޗ