އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އައްޔަންކުރި އިސްމާއިލް ސާޖިދު.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ސާޖިދު ސަސްޕެންޑްކޮށްފި
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް(އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދު ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސާޖިދު އެ މަގާމުން ސަސްޕެންޑް ކުރިކަން އޭނާ ވަނީ 'މިހާރު' ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ސަސްޕެންޑް ކުރުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރއްވި ސާޖިދު، އެފްއައިޔޫގެ ވެރިޔަކަށް ހަމަޖެއްސީ މިދިޔަ އޮގަސްޓު މަހު ކުރީކޮޅެވެ. އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން:
-
އަޝްރަފް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައި ވަނީ، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ލީކްވުމާ އެކު އޭގެ އެއް ދުވަސް ފަހުންެ
-
ޝުޖާއު ވަނީ އޭނާއަށް އަމާޒުވި ތުހުމަތުތައް އޭރު ދޮގުކޮށްފައި
-
ފުލުހުން އޭރު ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް
ކޮމެންޓް (1)
ފުލްހު