ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު (ދައުރު ފޮޓޯ)

މަސްވެރިން

ފުލުހުން ދޯނިތަކަށް އެރީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން އުޅޭތީ ކަމަށް ބުނެފި

ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި

މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސިން ބައިވެރިވާކަން ފާހަވެފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށް ފަހު، ބިދޭސީން މަސައްކަތްކުރާކަން ފާހަގަވެފައިވާ ދޯނިތަކަށް ފުލުހުން އަރައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމުން، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ތަފްސީލް - އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ:

  • މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

  • ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ؛ މީގެ ތެރޭގައި މެންބަރު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ވެސް ހިމެނޭ

ކޮމެންޓް (1)

ސިކުނޑި

11 ޑިސެމްބަރު 2025
ބިދޭސީންނަށް ދޯނި ތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނީ ސަރުކާރުން! އެހެންވީމާ، ދޯނި މުޒާހިރާގައި އުޅޭއިރު ފަޅުވެރިންވެސް ތިބޭނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް