އާރުސީސީން ހުޅުމާލޭގައި ބިނާކުރި މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އިސް އެކަކު ކަމަށްވާ މުހައްމަދު ނާޒިމް - (ފޮޓޯ/އަބްދުﷲ ޔަޝާއު)

އާރުސީސީގެ ސަބަބުން ގެއެއް ގަނބައިގަނެގެން ދިޔަކަމުގެ ޝަކުވާ

ރައީސް މުއިއްޒާއި އާރުސީސީގެ އެއް ހިއްސާދާރު އަދި މަޖިލިސް މެންބަރު ނާޒިމް ވެސް އިންނެވި ބައްދަލުވުމުގައި މީހަކު ކުރި އެ ޝަކުވާއާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް ހޯދުމަށް ގުޅުމުން އޭނާ ވިދާޅުވީ މާދަމާ އޭގެ ތަފްސީލްތައް ދެއްވާނެ ކަމަށް
6 ޑިސެމްބަރު 2025
1

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ން މާލޭގެ ގެއެއް ހަދަމުން ދިޔަ ގޮތަކުން ޖެހިގެން ހުރި ގެ ގަބައިގަނެގެން ދިޔަ ކަމަށް އެ ގޭގެ ވެރިފަރާތުން ބުނެފި އެވެ.

ވީކިހިނެއް؟ - މާލޭގެ މާފަންނު ފެހި އައްސޭރިގެ ގަނބައިގެން ދިޔަ ކަމަށް ހަސަން ރަޝީދު ނަމަކަށް ކިޔާ މީހަކު ބުނީ، ރައީސް މުހައްމަދު މުއިއްޒު މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސްކްލޫގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ގޮތުން:

  • އެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އެންމެ އަރިހުގައި އިންނެވީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

  • އާރުސީސީއަކީ ނާޒިމްގެ އާއިލީ ކުންފުންޏެއް؛ އެ ކުންފުނީގެ މައި ހިއްސާ އޮންނަ ކުންފުނި ކަމަށްވާ އަބްދުއްރަޝީދު އެންޑް ފެމިލީގެ ހިއްސާދާރުންގެ ތެރޭގައި ނާޒިމާއި އޭނާގެ ކޮއްކޮ އަދި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ހިއްސާ އޮވޭ

ތަފްސީލް - އެ ބައްދަލުވުމުގައި ހަސަން ރަޝީދު ވާހަކަ ފަށަނީ ވެސް "މާލެ ރަށްވެއްސަކަށްވެ، ގެ ވެސް ހުރެމެ ރެފިއުޖީންނަށް ވެފައި މި ހުރީ،" ކަމަށް ބުނަމުންނެވެ. އަދި އެހެން ދިމާވީ "ނުފޫޒުގަދަ ބައެއްގެ ސަބަބުން" ކަމަށް ވެސް ހަސަން ރަޝީދު ބުންޏެވެ.

"އަޅުގަނޑުމެންގެ ގެއާ ޖެހިގެން ހުންނަ ކަނޑުފުށި ކިޔާ ގެ ހެދުމުގެ ތެރޭގައި، އާރުސީސީން އެ ގޭގެ ބިން ކޮނެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔައިރުގައި އަޅުގަނޑުމެންގެ ގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގެ ގަނބައިގަނެގެން ގޮސްފައި،" އޭނާ ބުންޏެވެ.

ހަސަން ރަޝީދު ބުނި ގޮތުގައި، އެ ހާދިސާއާ ގުޅިގެން އޭނާ އާއި އޭނާގެ އާއިލާއަށް ޖެހުނީ ގެ ދޫކޮށް ނުކުންނާށެވެ. މާލޭގައި އަމިއްލަ ގެދޮރު ހުރެމެ، ދިރިއުޅެން ތަނެއް ކުއްޔަށް ހިފައިގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އެންމެ އަރިހުގައި އެމްއެންޕީގެ ނާޒިމް (ފޮޓޯ/ ރައީސް އޮފީސް)

ހައްލެއް ލިބޭ މީގެ އަހަރެއް ކުރިން ނާޒިމާ ބައްދަލުކުރުމަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް އެ ރެއާ ހަމައަށް ވެސް ޖަވާބެއް ނުލިބޭ ކަމަށް ހަސަން ރަޝީދު ބުންޏެވެ. އަދި ނާޒިމްގެ ކޮއްކޮ، މާލޭގެ މޭޔަރު އާދަމް އާޒިމާ ބައްދަލުކުރެވުނު ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ. 

"ކޮންސްޓްރަކްޝަންސް މިނިސްޓްރީއަށް ވެސް ދިޔައިން. ކޮންސްޓްރަކްޝަންސް މިނިސްޓްރީން ބެލިބެލުމުން، މިހާރު އާރުސީސީން ވަނީ އަޅުގަނޑުމެންގެ ގެ ހަލާކުކޮށްލި ކަމަށް އެއްބަސްވެފައި،" އޭނާ ބުންޏެވެ.

"ވަރަށް މާފާއެކީ ދަންނަވަން. ނާޒިމް އެންޑް އާޒިމް، ޝޭމް އޮން ޔޫ [ނާޒިމާއި އާޒިމް ލަދު ގަންނަން ޖެހޭ]،" ހަސަން ރަޝީދު ބުންޏެވެ.

ނާޒިމްގެ ބަސް - މި ކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް ހޯދުމަށް 'ދައުރު'ން މިއަދު ގުޅުމުން ފޯނަށް ޖަވާބު ދެއްވައި ވިދާޅުވީ "މާދަމާ ހެނދުނު އޭގެ ހުރިހާ ލިޔެކިއުމާ އެކު ތި ކޮޅަށް ހުރިހާ ޑީޓެއިލެއް ހިއްސާކުރާނަން" ކަމަށެވެ. އޭނާ އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ބުރާސްފަތި ދުވަހުގެ ރޭގެ އެ ބައްދަލުވުމުގައި އެ މީހާގެ ކަންބޮޑުވުންތައް ފާޅުކުރަން ފަށަމުން 'އާރުސީސީ'ގެ ނަން ބުނުމާ އެކު ނާޒިމް ހޭން ފެއްޓެވި އެވެ. އަދި ރައީސް މުއިއްޒު ވެސް ނާޒިމާ ދިމާއަށް ބެއްލެވުމަށް ފަހު ނާޒިމްގެ ކޮނޑުގައި އަތް ޖައްސަވައިލައްވަ އެވެ.

ކޮމެންޓް (1)

ސސސ އއރރ

7 ޑިސެމްބަރު 2025
މެމްބަރު ނާޒިމް، މޭޔަރު އާޒިމް ، އެޓާރނީ ޖަނަރަލް ހުޝާމް ގެނބެންވީނޫންތޯ. ތަބަކަށް ލާފަ މުޅި ރާއްޖެ އެއޮތީ ދީފަ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް