ރައީސް މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ

ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް؛ ފައްޔާޒު އާއި އެމްޑީޕީ ޒިންމާވާންޖެހޭނެ: ފެމިލީ ކޯޓު

އެ މައްސަލާގައި މިއަދު ފެމިލީ ކޯޓުން ހުކުމްކުރީ، ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާކަން ސާބިތުވާތީ ގެއްލުމުގެ ބަދަލު ހޯދަން އެ ވާހަކަދެއްކި އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކުން ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާ ކަމަށް ކަނޑައަޅައި އެ ވާހަކަތަކަށް އެމްޑީޕީންނާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާވާންޖެހޭނެ ކަމަށާއި ބަދަލު ހޯދަން ހުށަހެޅޭނެ ކަމަށް މިއަދު ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރޭގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން މަދަނީ ދައުވާތަކެއްގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. 

ސިވިލް ކޯޓަށް ހުށަހެޅި މަދަނީ ދައުވާގައި އެ ކޯޓުން ވެސް ނިންމާފައި އޮތީ މަރިޔަމް ޒުބައިރުގެ ތުހުމަތުތަކުން، އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގަނެފައިވާކަން ސާބިތުވާތީ އޭނާގެ ކިބައިން ބަދަލު ހޯދުމަށް ދައުވާކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަމުގެ ޒިންމާ މަތިކޮށް، ފައްޔާޒާއި އެމްޑީޕީގެ ކިބައިން ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ތަފްސީލް - ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ނިންމާފައިވަނީ:

  • މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަށް ޕާޓީގެ ޗެއާޕާސަންގެ ހައިސިޔަތުން ފައްޔާޒު ޒިންމާވާންޖެހޭނެ ކަމަށް

  • މަރިޔަމް ޒުބައިރާއި އަހުމަދު ސަލީމް ދެއްކި ވާހަކަތަކަށް އެމްޑީޕީން ޒިންމާވާންޖެހޭނެ ކަމަށް

  • ގެއްލުމުގެ ބަދަލު ހޯދުމަށް ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަމަށް

އެ ކޯޓަށް މަރިޔަމް ޒުބައިރުގެ މައްސަލަ ހުށަހަޅާފައިވަނީ ވަކިންނެވެ. އެ މައްސަލާގައި މިއަދު ކޯޓުން ހުކުމްކުރީ ކުޑަކުއްޖެއްގެ ކަރާމަތަށް އަރައިގަނެފައިވާކަން ސާބިތުވާތީ ގެއްލުމުގެ ބަދަލު ހޯދަން އޭނާ އާއި ދެކޮޅަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ކޮމެންޓް (3)

ހައްޕުނޑު

17 ނޮވެމްބަރު 2025
ސިނގިރޭޓު/ ވޭޕު ބުއިނަމަ ނުބޮއި ކަމަށްވާނެތަ.
0 0

ސިކުނޑި

16 ނޮވެމްބަރު 2025
ތިއަކީ މާބޮޑު އުރަތްޕެއް ހުރި ކަމެއްނޫން! ވެރިކަމަށް އައިސް ކަރާމާތް މުލީއާގެ ފާރުމަތިން ވައްޓާލީމާ ފައިންވެސް އެރޭނެ! އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ރައްޔިތުންނަށް ކަނޑައެޅިގެން ދޮގު ހެދުމަކީވެސް ކަރާމާތަށް އަރައިގަތުން!
6 0

ތެފައާސާ.

16 ނޮވެމްބަރު 2025
މި ހުކުމުން ވަރަށް ފައްކާ ޕްރިސީޑެންސެއް ގާއިމުކޮށްދީފި. ޕާޓީގެ ކޮންމެ މެމްބަރަކު ދައްކާ ވާހަކައެއްގެ ޒިންމާ ޕާޓީގެ ލީޑަރުން އުފުލަންޖެހޭނެ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް