ބައްސާމް ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވާން ބައްސާމް ދެކޮޅު ހަދައިފި

އެ މައްސަލައިގެ ޝަރީއަތަށް 11 ޖަހާއިރު ބައްސާމް ހާޒިރުކުރެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާތީ އެ އަޑުއެހުން މިހާރު ވަނީ 11 ޖަހާއިރަށް ފަސްކޮށްފައި

ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުކުރަން އުޅޭތީ ޖަލު ގޮޅިން ނުކުންނަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެކޮޅު ހަދަމުންދާތީ މިއަދު އޮތް ޝަރީއަތް ނުފެށި ލަސްވެއްޖެ އެވެ.

ވީ ކިިހިނެއް؟ - މިހާރު ވެސް އެފްއޭއެމްގެ ކޮރަޕްޝަންގެ ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބައްސާމްގެ މައްޗަށް މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަކީ ފީފާއިން އެފްއޭއެމްއަށް ދިން ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަނެ އެ ފައިސާ ލޯންޑަކުރި ކަމަށް ބުނާ މައްސަލާގަ އެވެ.

މި މައްސަލާގައި މިއަދު 8:15ގައި އަޑުއެހުމެއް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު އެ އަޑުއެހުން އަދިވެސް ނުފެށެ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން 'ދައުރު'އަށް ބުނި ގޮތުގައި، އެ މައްސަލައިގެ އަޑުއެހުން މިހާރު ވަނީ 11 ޖަހާއިރަށް ފަސްކޮށްފަ އެވެ. އެ ޝަރީއަތް ނުފެށިގެން އުޅެނީ ޝަރީއަތަށް ހާޒިރުވާން ބައްސާމް ދެކޮޅު ހަދަމުންދާތީ ކަމަށް ބުންޏެވެ. އޭނާ ޝަރީއަތަށް ހާޒިރުވާން ދެކޮޅު ހަދަނީ، ޖަލު ހެދުމުގައި ބިޑި އަޅުވައިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން އުޅޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެކަމަކު 11 ޖަހާއިރަށް ކޯޓަށް ހާޒިރުކުރެވޭނެކަން ކަރެކްޝަނަލް ސާވިސްއިން މިހާރު އަންގާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެނގުން މުހިންމު - މި މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ. މީގެ އިތުރުން، ބައްސާމު އަމިން އެވެނިއުގައި އުޅުއްވި ދެ އެޕާޓުމެންޓް ވެސް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

މި މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:

  • މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

ކޮމެންޓް (1)

ތެފައާސާ.

16 ނޮވެމްބަރު 2025
ކުށް ސާބިތުވެގެން ހުކުމް ކުރާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ރިއާޔަތްކުރާ ކަމެއް، ކުށް ކުރި މީހާ ކުރެވުނު ކުށް ގަބޫލްކޮށް، އެކަމާއިމެދު ހިތާމަކޮށް މައާފަށް އެދުން. ބައްސާމުގެ މި އަމަލުން ދޭހަކޮށްދެނީ އޭނާއަށް ކުށެއް ކުރެވިއްޖެކަން ގަބޫލްވެސް ނުކުރާކަން. އެހެން ނޫންނަމަ ކުށްވެރިން ލާންޖެހޭ ހެދުން ލާންޖެހުމުން ބޮޑާހާކައި މިހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހުނީސް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް