ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަޝްރޫއުގެ މަސައްކަތް އަލުން ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ހުޅުމާލެ

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، މީގެ ކުރިން 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި
10 ނޮވެމްބަރު 2025
1

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ނުހިއްކާ ބާކީ އޮތް ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފޭސް ތިނެއް ހިއްކަން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

ތަފްސީލު - އެޗުޑީސީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލެ ފޭސް ތިނެއްގެ 23 ހެކްޓަރު ވަނީ ހިއްކާފަ އެވެ.

މިއަދު ހިއްކަން ފެށީ ބާކީ ނުނިމި އޮތް ބައި ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ބިސްކާލިސްގެ 22،000 ސީބީއެމްގެ ޑްރެޖަރުގެ އެހީގަ އެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަޝްރޫއުގެ މަސައްކަތް އަލުން ފެށުން. (ފޮޓޯ/ރައީސް އޮފީސް)

އެ މަސައްކަތް ފެށުމާ އެކު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންފަ އެވެ.

ފަސްމަންޒަރު - ކުރިން ޕްލޭންކޮށްފައި އޮތީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުގެ ކަނޑު ތޮށި ހިމަނައިގެން ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދާ ގޮތަށެވެ. ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނަމަވެސް، މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، ދެ ވަނަ ފިޔަވަހީގެ ފަޅު ހިއްކައި އެ ތަނުން ގޯތި ދޭން ސަރުކާރުން ނިންމީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެޗުޑީސީއިން ވަނީ ހުޅުމާލެ ފޭސް ތިނެއްގެ މާސްޓަޕްލޭން ބަދަލުކޮށްފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

10 ނޮވެމްބަރު 2025
އަސްލު ކޮންމެ 3 މަހަކުން ކޮންމެވެސް އިންތިޚާބެއް އޮންނަނަމަ ހާދަ ޕްރޮޖެކްޓްތަކެއް ހިނގާނެޔޭ ދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް