ހުޅުމާލޭގެ އާ މާސްޓަ ޕްލޭންގެ ކުރެހުމެއް.

ހުޅުމާލެ

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

އަންނަ މަހު 16ގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ
28 މޭ 2025

ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނައި ބަދަލު ބަދަލުތަކަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމެނޭ އާ މާސްޓަ ޕްލޭން މިދިޔަ ހޯމަ ދުވަހު އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ތަފްސީލް - އަންނަ މަހު 16ގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، އާ މާސްޓަ ޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް ޕޯޓަލުން މިހާރު ފެންނަން ހުންނާނެ އެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެ ޕޯޓަލުން ލިބޭނެ އެވެ.

"މާސްޓަ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހު އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު - ހުޅުމާލޭގެ އާ މާސްޓަ ޕްލޭނުން އަންނަ މުހިންމު ބަދަލުތަކުގެ ތެރޭގައި ފޭސް 2 އާއި 3 އެއްފަސްކުރުން އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމްކުރުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް