އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ
ދާއޫދު ހުޅުމާލެ ޕޮލިސްގެ ވެރިޔާގެ މަގާމުން ވަކިކޮށްފި
ހެޑް އޮފް ހުޅުމާލެ ޕޮލިސްގެ މަގާމުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދު ދުރުކޮށް، ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓުކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރްސީގެ ފައިސާ އާއި ކާކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިިބިފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.
މި ތުހުމަތުތައް ދާއޫދު ވަނީ ދޮގުކޮށްފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - ފުލުހުން 'ދައުރު' އަށް ބުނިގޮތުގައި ދާއޫދު އެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ، ކޮރަޕްޝަންގެ އެ ތުހުމަތުތަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ދާއޫދު ވަކިކުރީ:
-
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުންދާތީ
-
މި މައްސަލަތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޮޑެތި ތުހުމަތުތަކެއް ދާއޫދުގެ މައްޗަށް ކޮށްފައިވާތީ
-
އެންއައިސީން ތަހުގީގުކޮށްފައިވާ އެމްއެމްޕީއާރްސީ މައްސަލައިގެ ފުލުހުންގެ ބައި ދިރާސާކުރަމުންދާތީ
"މި މައްސަލަތާކާއި މެދު ވަކިގޮތެއް ނިމެންދެން ހުޅުމާލެ ޕޮލިސްގެ މަސްއޫލިއްޔަތުތަކުން ވީއްލައި، ހަމައެކަނި އޮފީސް އޮފް ދި ކޮމިޝަނަރަށް ރިޕޯޓުކުރާ ގޮތަށް ވަނީ ނިންމާފައި،" ފުލުހުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުމާލެ ޕޮލިސްގެ ވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވުމާ އެކު، ހުޅުމާލެ ޕޮލިސް ހިންގުން އަހުމަދު މުހައްމަދާ މިިދިޔަ މަހުގެ 14 އިން ފެށިގެން ވަގުތީގޮތުން އޮތީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭރު ފުލުހުން ބުނީ، އެގޮތަށް ހަމަޖެއްސީ ދާއޫދު ޗުއްޓީގައި ހުންނެވުމުން ކަމަށެވެ.
އިތުރަށް ކިޔާލަން
އެނގުން މުހިންމު - މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން:
-
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބި، 14.6 މިލިއަން ރުފިޔާގެ އެސެޓް ދާއޫދު ހޯއްދަވާފައިވާ ކަމަށް ތުހުމަތުކުރެވޭ
-
ދާއޫދަށް ކާކުގެ ފަރާތުންކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ މިދިޔަ ދެ އަހަރު ލިބިފައިވާ ކަމުގެ ތުުހުމަތުކުރެވޭ
-
ނޮވެމްބަރު 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރަމުންދާކަމުގެ ތުހުމަތުކުރެވޭ
-
އެ ގޭގެ ކުލި ޖަމާވަނީ އެ ގެ ހަދަން އިންވެސްޓުކޮށްފައިވާތީ ކަމަށް ވިޔަސް، އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ފައިސާ ލިބުނު ގޮތެއް ނޭނގޭ
-
އިތުރު އެޕާޓްމަންޓެއް އެފްޑަބްލިއު ރެސިޑެންސްއިން 4 މިލިއަން ރުފިޔާއަށް ދާއޫދު ގަނެފައިވާކަމުގެ ތުހުމަތުކުރެވޭ