މަހްމޫދް ރިޔާޒް އާއި އަބްދުﷲ ވަހީދް.

ސިނގިރޭޓު މައްސަލައާ ގުޅިގެން ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރަކު ވަކިކޮށްފި

ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ކަންތައް ގާނޫނުގެ ތެރެއިން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަބްދުﷲ ވަހީދާއި މަހޫމުދު ރިޔާޒު މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ވަނީ ދިރާސާކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި، ކަންތައްތައް އިސްލާހު ކުރުމަށް ފުލުހުންނަށާއި ކަސްޓަމްސްއަށް އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި އެ ތަނުން ނެރެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައިވާ މައުލޫމާތުތަކާއި ލަފާތަކަށް ރިއާޔަތްކޮށް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން:

  • ކަސްޓަމްސް އިން ވަކި ކުރި ދެ ޑެޕިއުޓީ ކޮމިޝަނަރުންނަކީ އަބްދުﷲ ވަހީދު މ. ރީޒަން އާއި މަހަމޫދު ރިޔާޒު މއ. ޑައިންޓީ

  • ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ކަންތައް ގާނޫނުގެ ތެރެއިން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ

ކަސްޓަމްސް އިން ވަކި ކުރި ދެ ޑެޕިއުޓީ ކޮމިޝަނަރުންނަކީ އަބްދުﷲ ވަހީދު މ. ރީޒަން އާއި މަހަމޫދު ރިޔާޒު މއ. ޑައިންޓީ އެވެ.

ކޮމެންޓް (6)

ސިކްރެޓް

30 އޮކްޓޯބަރު 2025
މިކަމިގައި ޒިންމާ އުފުލަންޖެހެނީ މުޢިއްޒު. އެއީ މިތަނުގައި ހުރި އެކަކަށް މާބޮޑު ސިޔާސީ ބާރުވެރިކަން އޮންނަގޮތަކަށް ކަންކަން ކުރެވޭތީ ދެންތިބި މީހުން ތިބެން ޖެހެނީ ހަނު. މިތަނުގައި ސީދާ ކުށެއްނެތް އެކަކު އެބަހުރި. އެކަން ޔަގީން.
0 0

ބޮކަރު އަލިބެ

29 އޮކްޓޯބަރު 2025
މަޖުލީހުގެ ވަރަށް ރަނގަޅު މަސައްކަތެއް!! މިގޮތަށް ޕޮލްކޯ އާއި ސިފްކޯގެ މައްސަލަވެސް ފޮނުވާ ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރަން!!
0 0

އާޅަމް

29 އޮކްޓޯބަރު 2025
ބައެއްފަހަރު އަނގައިންނުބުނެ މަޑުންހުރުމަކީވެސް ލަނޑުލިބޭކަމެކެވެ މަހްމޫދު ރިޔާޒަކީ މިހާތަނަށްއެފަދައެއްވެސްކަމެއްގަ ޝާމިލްވާ ބޭފުޅެއް ނޫންކަމަށް މުޅިކަސްޓަމްސްގެ އެންމެން ޤަބޫޅުކުރާނެ އެކަމަކު އަނެކަކު ހިންގިކަންކަމުގެ ބައްދަލްވުންތަކުގައި އެއްޗެއްނުބުނެ އިންނެވުމުގެ ނަތީޖާކަމަށްްޤަބޫލުކުރެވެނީ އަނެކަކީ މިހާރު މަލްޓިމިލިއަނަރެއް
0 0

ތަރަތަރަ

29 އޮކްޓޯބަރު 2025
ކޮބައިތޯ ސީޕީ ނަވީނަށް އެޅި ފިޔަވަޅަކީ. 241 ކޮމިޓީން މިމައްސަލައިގައި ނަވީން ހޯކްސްގެ ބޮޑުންނާ ބައްދަލުކުރި ފޮޓޯ ވީޑިއޯ ހުރި ވާހަކަބުނި. އެހަބަރު ދައުރު ނޫހުގައިވެސް ޖެހި.
0 0

ތެފައާސާ.

29 އޮކްޓޯބަރު 2025
ނާގާނޭ ވަރަކަށް ލާރި ނަގައި މުއްސަނދި ވީމާ މަގާމުން އެކަނި ވަކިކޮށްގެން ނުފުދޭނެ. ފިޔަވަޅު އަޅަންޖެހޭނެ. ނެގި ލާރި އަނބުރައި ހޯދަންވެސް ޖެހޭނެ. ބަނޑުހައިވެގެން ކައިގެން ބިލް ނުކަނޑާ ނިކުންނަން އުޅުނު ސޮރު މިހާރުވެސް އެއޮތީ 10 ދުވަސް ޖަހާފައި ބަންދުކޮށްފައި.
9 0

އިއްލަ

29 އޮކްޓޯބަރު 2025
@ތެފައާސާ. އަސްލުވެސް.. މަގާމުން ވަކިކުރީ ގޯސް އަމަލަކުން ކަމަށްވާނަމަ ޤާނޫނީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅަންޖެހޭނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް