ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި

އެނގިފައިވާ ގޮތުގައި، ފާއިޒް ސަސްޕެންޑުކުރީ ބަންދު މުއްދަތު ޖެހުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފާއިޒް ސަސްޕެންޑުކުރިކަން ކްރިމިނަލް ކޯޓުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ސަސްޕެންޑުކުރި މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި، ފާއިޒް ސަސްޕެންޑުކުރީ، ބަންދުގެ މުއްދަތު ޖެހުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް  ގޭ ބަންދަށް ދޫކޮށްލި މައްސަލަ؛ އޭނާ އަލުން ގޭ ބަންދަށް ދޫކޮށްލީ މިދިޔަ ޑިސެމްބަރުގައި

  • މަސްތުވާތެކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމުން ޝަރުތެއްނެތި ދޫކޮށްލި މައްސަލާގައި؛ އޭނާ ބަންދުން ދޫކޮށްލުމުން ސްރީ ލަންކާއަށް ދިޔަތަނާ އަލުން ހައްޔަރުކޮށް މިހާރު ވަނީ ބަންދުކޮށްފައި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުން ގޯސް ކަމަށް ނިންމައި އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގައިގެން ލަމްހާ ބަންދުކޮށްފައިވެ އެވެ.

އޭގެ ފަހުން ލަމްހާ މިދިޔަ ޑިސެމްބަރުގައި އަލުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އޭނާ، ބަންދުކޮށްދޭން ދައުލަތުން އެދުމުން މިފަހަރު ގާޒީ ފާއިޒް އަންގަވާފައިވަނީ، ލަމްހާ ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ރިސްކް އެސެސްމަންޓެއް ހަދައި، ހުށަހެޅުމަށެވެ. އެކަމަކު ލަމްހާ ބަންދުން ދޫކޮށްލާފައި ހުރީ އެކްޓިވްލީ މޮނިޓާކުރެވޭ ގޮތަށް ނޫން ކަމުން އެފަދަ އެ އެސެސްމަންޓު ހުށަނޭޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެނގުން މުހިންމު - ކުރީގެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ވެސް ހިމެނިވަޑައިގަންނަވާ ފާއިޒް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ވެސް ސަސްޕެންޑުކޮށްފަ އެވެ. އޭރު ސަސްޕެންޑުކުރީ ޔާމީންގެ މައްސަލާގައި ހުކުމް ކުރި ގޮތާ ގުޅޭ ގޮތުން ލީކުވި އޯޑިއޯއެއްގެ މައްސަލައެއްގަ އެވެ. އެކަމަކު ފަހުން، އެ މައްސަލަ ސާބިތުނުވުމުން ސަސްޕެންޝަން އުވާލީ އެވެ.

ކޮމެންޓް (2)

އިބުރޭ

23 އޮކްޓޯބަރު 2025
ފާއިޒް ރަޝާދު ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓުންތަ؟ ޖޭއެސްސީންތަ؟
1 0

ބަރަބޯ ހަސަނު

23 އޮކްޓޯބަރު 2025
ރަނގަޅު ނިންމުމެއް. ވަރަށް ލާރި ނެގިކަމަށް ރަށުތެރޭ އެބަ ކިޔާ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް