ވޯޓަކާ ނުލާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން (ކ-ވ): ސިމާހާ، ސަގީފް އަދި ޒަމްއަތު
ކޮންޓްރޯލު ކޮމިޝަނަށް މީޑިއާތައް ތަމްސީލުކުރާ މެންބަރުން އައްޔަނުކޮށްފި
މީޑިއާ ކޮންޓްރޯލު ގާނޫނުގެ ދަށުން އުފައްދާފައިވާ 'މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތައް ތަމްސީލު ކުރާ މެންބަރުން އައްޔަނު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަންޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލު ކުރާ ހަތަރު މަގާމަށް މެބްބަރުން ވަނީ ހޮވިފަ އެވެ.
ތަފްސީލް - އާ ކޮމިޝަނުގައި މީޑިއާތައް ތަމްސީލު ކުރާ ހަތަރު މެންބަރުގެ ތަރޭ ހިމެނެނީ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނެވެ.
ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ:
-
އަބްދުލް އަޒީޒު އިބްރާހިމް، ށ.ފޭދޫ/މޫނިމާގެ
-
ޒަމްއަތު އަހުމަދު ވަހީދު، މަލަ/ގދ.ތިނަދޫ
އެހެނިހެން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ:
-
ސިމާހާ ނަސީމް، ވެލީގެ/ގދ. ރަތަފަންދޫ
-
ހުސެން ސަގީފް، ހިސާން/ހދ.ވައިކަރަދޫ
ކޮންޓްރޯލު ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލާން ހުލުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.