އުވާލި ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ސަފާ ސަފީގު (ކ)، މޫސާ ރިލްވާން (މ)، ސަރާހަތު އިއްޒަތު (ވ) - (ފޮޓޯ/ މަޖިލިސް)
އުވާލި ބްރޯޑްކޮމްގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް 10 މީހަކު މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލައިފި
އުވާލި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ތިއްބެވި ތިން މެންބަރުންނާއި އުވާލި މީޑިއާ ކައުންސިލްގެ މެންބަރެއް ވެސް ހިމެނޭ ގޮތަށް 10 މީހަކު މީޑިއާ ކޮމިޝަނަށް ކުރިމަތިލައިފި އެވެ.
ވީކިހިނެއް؟ - ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަލަށް އުފެއްދި 'މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އަށް ރައްޔިތުންގެ މަޖިލީހުން ތިން މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލި މީހުންގެ ނަންތައް މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ވަނީ އިއްވައިފަ އެވެ.
ތަފްސީލް - ޖުމުލަ 10 މީހުން މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލިއިރު އޭގެ ތެރޭގައި ހިމެނޭ، ބްރޯޑްކޮމްގައި ތިއްބެވި ތިން މެންބަރުންނަކީ:
-
ސަފާ ޝަފީގު، ބިއްލޫރިވިލާ/ ދ. މީދޫ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)
-
އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
-
މޫސާ ރިލްވާން، މ. ހާވިލާ
މީގެ އިތުރުން އުވާލި މީޑިއާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވި އިބްރާހީމް މުހައްމަދު، ގ. ވިންޑް ވެސް ކުރިމަތިލަައްވާފައިވެ އެވެ.
ދެން ކުރިމަތިލެއްވި މީހުންނަކީ:
-
ފާތިމަތު ފަހުމީ، ސީނަރީ/ ގދ. މަޑަވެލި
-
މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް (ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރެއް، މީޑިއާ ކައުންސިލްގެ ވެސް މެންބަރުކަން ކުރެއްވި)
-
މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
-
ސެހެނާޒް އަދުނާން، ދަފްތަރު ނަންބަރު ރސ 8580
-
މުހައްމަދު ސާމިން، ފިނިވާގެ/ އއ. ތޮއްޑޫ (ވީޓީވީގެ ކުރީގެ ނޫސްވެރިއެއް
-
ޝަފީގާ ނައީމް، ބީޗްސައިޑް/ ފ. ނިލަންދޫ
ފާހަގަކޮށްލެވޭ - އެމްއެމްސީގެ ކުރީގެ ނައިބު ރައީސް އިބްރާހީމް މުހައްމަދު ކުރިމަތިލެއްވި އިރު، އެ ތަނުގެ ރައީސަކަށް ހުންނެވި ހުސައިން ސަގީފް ވަނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން މާގަމަށް އިންތިހާބުވެފަ އެވެ.
އަދި އެއިން މަގާމަކަށް އުވާލި ބްރޯޑްކޮމްގެ މެންބަރަކަށް ހުންނެވި ޒަމްއަތު ވަހީދު ވެސް ވަނީ އިންތިހާބުވެފަ އެވެ.
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މަގާމަށް ވެސް ހަތަރު މީހުން ކުރިމަތިލުމުން އެ މީހުން އިންތިހާބުވީ ވޯޓަކަށް ނުގޮހެވެ. އެ މީހުންނަކީ:
-
ޒަމްއަތު ވަހީދު
-
ހުސައިން ސަގީފް
-
ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމް
-
އަބްދުލްއަޒީޒް އިބްރާހިމް، ށ. ފޭދޫ/ މޫނިމާގެ
ގުޅުން ހުރި - މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު ގާނޫނަކަށްވުމުގެ ކުރިންް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބިލު ދިރާސާކުރުމަށް ބްރޯޑްކޮމްގެ މެންބަރުންގެ ހިޔާލު ހޯދި ބައްދަލުވުމުގައި މި މެންބަރުން ވަނީ ބިލު ތަންފީޒުނުކުރެވޭހާ ގޯސް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް (2)
ހެޔޮނުވާނެ
ސޮފީ