މިދިޔަ އޭޕްރީީލްގެ ފަހުކޮޅުގައި ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް)

2 ކޮންޓެއިނާގެ ސިނގިރޭޓު ގެއްލުނު މައްސަލަ ފުލުހުންނާއި އެމްޕީއެލްއިން ތަހުގީގު ކުރަނީ

މިދިޔަ އޭޕްރީލްގައި ކަސްޓަމްސްއިން އަތުލައިގަތް އެ ޝިޕްމަންޓުގައި ދެ ކޮންޓެއިނާ ތެރެއިން ގާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓު ސްޓިކް ވަނީ ފެނިފައި
9 އޮކްޓޯބަރު 2025
1

ރާއްޖެއަށް ވަގަށް އެތެރެކުރި މައްސަލައެއްގައި ކަސްޓަމްސްއިން ހިފަހައްޓައި، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ދެ ކޮންޓެއިނަރުގެ އެތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅުގައި ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާ އެވެ.

އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

  • މިދިޔަ އޭޕްރީީލްގެ ފަހުކޮޅުގައި ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް)
  • މިދިޔަ އޭޕްރީީލްގެ ފަހުކޮޅުގައި ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް)
  • މިދިޔަ އޭޕްރީީލްގެ ފަހުކޮޅުގައި ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް)

ބުނީ ކީކޭ؟ - މި މައްސަލައިގައި އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން އިން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.

ފުލުހުންގެ ތަހުގީގުގެ މަރުހަލާގައި އެ މައްސަލަ އޮތުމާ އެކު އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމްޕީއެލްއިން ހިއްސާނުކުރެ އެވެ.

ނަމަވެސް އެ ކުންފުނިން ބުނީ އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުން އެތެރޭގެ ތަހުގީގެއް ވެސް ކުރިއަށްގެންދާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެމްޕީއެލްއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ވާހަކަ ދަންނަވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ކަސްޓަމްސްގެ ބަހެއް އަދި މިހާތަނަށް ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.  

ކޮމެންޓް (1)

ފޮލިސް119

10 އޮކްޓޯބަރު 2025
ތިމަައްސަލައިގެ ތަހުގީގު ސިއްރުކުރަންފެނޭ! ސަބަބަކީ ކަސްޓަމް ކޮންޓްރޯލް އޭރިޔާއެއްގައި ހުރި 40ފޓ 2 ކޮންޓައިނަރ ގެއްލިފައިވަނީ ސިއްރުންކަމުގައިވާތީ، އަދި ކަންހިގާދިޔަގޮތުން މިހާރު ބެލެވެނީ އެމްޕީއެލް ސަރަހައްދަކީ ހިތްފަސޭހަ މައިޒާނެއްގޮތައް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް