މިދިޔަ އޭޕްރީީލްގެ ފަހުކޮޅުގައި ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް)

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ 2 ކޮންޓެއިނާގެ ސިނގިރޭޓު ގެއްލިއްޖެ

މިއީ މިދިޔަ އޭޕްރީލްގެ ފަހުކޮޅު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް ސިނގިރޭޓު ޝިޕްމަންޓެއް.މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ
9 އޮކްޓޯބަރު 2025
1

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން އަތުލައިގަތް ދެ ކޮންޓެއިނާގެ ސިނގިރޭޓު ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ހުއްޓާ ވަގަށް ނަގައިފި އެވެ.

ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅުގައި ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާ އެވެ.

އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

އެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމާ ބެހޭގޮތުން ސުވާލުކުރުމުން ކަސްޓަމްސް އާއި އެމްޕީއެލްގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބެ އެވެ.

ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް މައުލޫމާތު ދެމުން ބުނީ އެ ކޮންޓެއިނާތައް ބަހައްޓާފައިހުރި ތަނުގައި ކެމެރާ ވެސް ހުރި ކަމަށެވެ. އަދި އެ ކޮންޓެއިނާތަކުގެ ތަޅުދަނޑި އޮންނަނީ، އޭނާ ބުނި ގޮތުގައި ކަސްޓަމްސްގަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

10 އޮކްޓޯބަރު 2025
-- މިކަމާއި ގުޅޭ ބައެއް ސުރުޚީތައް.... *ަ5 މަސް ކުރި:* ވަގަށް އެތެރެކުރި 13 މިލިއަން ސިގިރޭޓް އަތުލައިގެންފި.. *3 މަސް ކުރި:* ވަގަށް 13 މިލިއަން ސިގިރޭޓް އެތެރެކުރި ކުންފުނީގެ ނަން ސިއްރުކޮށްފި.. *އިއްޔެ:* ވަގަށް އެތެރެކުރަނިކޮށް ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުރި 13 މިލިއަން ސިގިރޭޓް ގެއްލިއްޖެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް