އިދިކޮޅު އެމްޑީޕީން ކުރާ މުޒާހަރާގައި ބައިވެރިން މަޖީދީމަގުން ހިނގަމުން ދަނިކޮށް ފުލުހުން ހުއްޓުވާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ފަސް ޑިމާންޑެއް ކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން މަަގުމައްޗަށް، ފުލުހުން ހުރަސްއަޅައިފި

ގާނޫނުއަސާސީއަށް ގެނައި ބަދަލާއި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލުން ހިމެނޭ ގޮތަށް ފަސް ކަމެއް ކުރުމަށް އެމްޑީޕީގެ ފަރާތުން ވަނީ ސަރުކާރަށް ގޮވާލާފައި
3 އޮކްޓޯބަރު 2025

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މިރޭ ކުރަމުންދާ މުޒާހަރާގައި، ސަރުކާރަށް ފަސް ކަމެއް ޑިމާންޑް ކުރުމަށް ފަހު މަގުތަކަށް ނުކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ލޫޓޫވައިފި، ލޫޓުވައިފި' ނަމުގައި އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއަށް މީހުން އެއްވީ އާޓީފިޝަލް ބީޗަށެވެ. އާޓިފިޝަލް ބީޗުގައި ގަޑިއެއްހާ އިރު ހޭދަކުރުމަށް ފަހު މުޒާހަރާގެ ބައިވެރިންގެ މިސްރާބު ޖެހީ މަގުތަކަށް ނުކުތުމަށެވެ.

ތަފްސީލް - މުޒާހަރާގައި އަންގަމުން ގެންދިޔައީ މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނުކުމެ އެ މަގު ހުރި ސީދަލަށް ދިއުމަށެވެ.

ނަމަވެސް މަގުތަކަށް ނުުކުތުމުން ފުލުހުން ސްޕްރޭ ޖަހަން ފެށި އެވެ. އަދި ފުލުހުން ގެންދަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުންނެވެ.

އިދިކޮޅު އެމްޑީޕީން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އިދިކޮޅު އެމްޑީޕީން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލް - މަގުތަކަށް ނުކުތުމުގެ ކުރިން، މުޒާހަރާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއްވެވި އެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ބަނދެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު، މާދަމާ ޖަލްސާއެއް ބާއްވާފައި އުވާލުމަށް

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާލައި، އެ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް

  • ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް އުވާލުމަށް އަދި ރަށްރަށުގެ ބާރުވެރިކަން ނައްތާލުން ހުއްޓުވާލުމަށް

  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތައް ސަރުކާރަށް ކޮންޓްރޯލްކުރެވޭ ގޮތަށް ހެދި ގާނޫނު އުވާލުމަށް

  • ރައްކާތެރި ބޭސްތަކާއި އާސަންދަގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި، މި ސަރުކާރު އައުމުގެ ކުރިން ލިބެމުން ދިޔަ ގޮތަށް ދޭން ފެށުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް