މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ޓައި ނާޅާ ވަޑައިގެންނެވި އެމްޑީޕީގެ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުން: މި ދެ މެންބަރުން މިއަދުވެސް ވަޑައިގެންނެވީ، ޓައި ނާޅާ (ފޮޓޯ/ މަޖިލިސް)

އިދިކޮޅު މެންބަރުން ޓައި ނާޅާ މަޖިލީހަށް އަންނާތީ މަޖިލިސް ގަވައިދު އިސްލާހު ކުރަނީ

އަބްދުއްރަހީމް މިއަދު ވިދާޅުވީ މިކަން ހުއްޓުވުމަށްޓަކައި ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް

އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައި ނާޅާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާތީ އެކަން ހުއްޓުވުމަށްޓަކައި މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން އިހްތިޖާޖެއްގެ ގޮތުގައި މަޖިލިސް ޖަލްސާތަކުގައި ޓައި އެޅުން ހުއްޓާލީ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ މަހު 15ގައި ބޭއްވި ޖަލްސާއިން ފެށިގެންނެވެ. ޗުއްޓީއަށް ފަހު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ދެ މެންބަރަކު ޓައި ނާޅާ ވަޑައިގެންނެވި އެވެ. އެއީ:

  • އެމްޑީޕީ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ތަފްސީލު - އެ ދެ މެންބަރުން މިއަދު ވެސް ޓައި ނާޅާ ޖަލްސާއަށް ވަޑައިގަތުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ޓައި އެޅުމުގެ މައްސަލައިގައި، ގަވައިދު އިސްލާހުކޮށްގެން އެއަށް އަމަލު ކުރާނެ ވާހަކަ ވިދާޅުވެފައިވާނެ

  • ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ

  • ވަރަށް އަވަހަށް ގަވައިދު އިސްލާހު ކުރުމުން، ދެން ދާނީ ރަނގަޅަށް

ގަވައިދު އިސްލާހު ކުރަނީ ޓައި ނާޅާ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވެވޭނެ ގޮތަކަށް ކަމެއް ނުވަތަ ނޫން ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ. މީގެ ކުރިން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޓައި ނާޅާ ޖަލްސާގައި ބައިވެރިވުމުން އެއީ މަޖިލީހުގެ އިއްޒަތްތާއި ގަދަރަށް އުނިކަން އަންނަ ފަދަ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް މިއަދު ބައެއް މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން، އެހެން ނަހައްދަވާށޭ، އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓެވުމަކީ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ،" މިދިޔަ މަހު 15ގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ޓިނުބެ

2 އޮކްޓޯބަރު 2025
އެކަކުވެސް ޓައި އަޅާނެކަމެއްނެތް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް