މާރާމާޜީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު

އުދައްޔުގެ މަރު

އުދައްޔު މަރާލި މައްސަލާގައި ކުށް ސާބިތުވި ޝާމިނާއި މާޒިން މެރުމަށް ހުކުމްކޮށްފި

މި މައްސަލައިގައި މީގެ ތިން އަހަރު ކުރިން ވަނީ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ވެސް ކުށް ސާބިތުވި ކަމަށް ހުކުމްކޮށްފައި
28 ސެޕްޓެމްބަރު 2025
1

މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހަކަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - އުދައްޔު މަރާލި ކަމަށް ކުށް ސާބިތުވެފައިވަނީ:

  • އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ

  • މުހައްމަދު މާޒިން، ގުލްފާމްގެ/ގއ. މާމެންދޫ

މި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ 25 އޮގަސްޓްގައި ކަނޑައަޅާފައިވެ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން މިއަދު ފުރަތަމަ ބޭއްވީ ވާރިސުންގެ ބަސް ހޯދުމަށް އަޑުއެހުމެކެވެ. އެ ގޮތުން:

  • އުދައްޔުގެ ބައްޕަ ބުނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު، މަރަށް މަރު ހިފުމުގެ އަދަބު ދޭން ބޭނުންވާ ކަމަށް

  • އުދައްޔުގެ މަންމަ ބުނީ ތެދަށް ހިނގި ގޮތް ކިޔައިދީފިނަމަ މާފު ދެވިދާނެ ކަމަށް؛ ގާޒީ ވަކި ގޮތެއް އިހުތިޔާރު ކުރަން އެންގެވުމުން މަންމަ ވެސް އެދުނީ މަރަށް މަރު ހިފުމަށް

އެހެންވެ މަރުގެ ކުށް ސާބިތުވި ދެ މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވި އެވެ.

އެނގުން މުހިއްމު - މި މައްސަލައިގައި އުއްދަޔު މަރުވި ހަމަލާ ދިން ކަމަށް ބުނަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް އޭރު ވަނީ 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.  

މި މައްސަލާގައި ދެން ދައުވާކުރި ޝަރަފު ރަޝީދުގެ މައްޗަށް ސާބިތުވީ މާރާމާރީ ހިންގުމުގެ ކުށް އެކަންޏެވެ.

ކޮމެންޓް (1)

ޙަޤީޤަތް

28 ސެޕްޓެމްބަރު 2025
ތިޔަ ކަހަލަ އަދަބު ދީގެން މިކަހަލަ ކަންކަން މައިތިރިވާނީ. އަދަބަކީ ނަމެއްގައި އޮންނަ އެއްޗަކަށް ވަންޏާ ކުށްކުރާކަށް އެއްވެސް މީހަކު ޖެހިލުމެއް ނުވާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް