މާރާމާޜީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު

އުދައްޔުގެ މަރު

އުދައްޔުގެ މަރު: 25 އަހަރު ބަންދަށް، 1 މިލިޔަން ރުފިޔާގެ ޖޫރިމަނާ

އުދައްޔު މަރާލި ކަމަށް ކުށް ސާބިތުވި ކުޑަކުއްޖާ ބަހައްޓާނީ، ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި
31 އޮކްޓޯބަރު 2022
1

މިދިޔަ އަހަރުގެ ކުރީކޮޅު ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ކުށް ސާބިތުވި ކުޑަކުއްޖާ 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިޔަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. އެކަން ހިނގި އިރު އެ ކުއްޖާއަށް 18 އަހަރު ނުވި ނަމަވެސް، އޭނާއަށް މިހާރު 18 އަހަރު ފުރިއްޖެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ:

  • ގަސްތުގައި މީހަކު މެރުމުގެ ދައުވާ

  • ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

އެ މައްސަލައިގައި، ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ.

ވީ ކިހިނެއް؟- ކްރިމިނަލް ކޯޓުން މިއަދު ވަނީ، އެ ކުޑަކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައިފަ އެވެ. އެގޮތުން:

ގަސްތުގައި މީހަކު މީހަކު މަރުވި ދައުވާއަށް:

  • 18 އަހަރާއި ނުވަ މަހަށް، ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރަން

  • މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް އަހަރުގެ ތެރޭގައި 1 މިލިޔަން ރުފިޔާ، އުދައްޔުގެ ވާރިސުންނަށް ދިނުމަށް

  • ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފަން

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއަށް:

  • 6 އަހަރާއި 8 މަސް ދުވަހަށް، ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރަން

މި ދެ ދައުވާ ސާބިތުވުމާ ގުޅިގެން، އެ ކުއްޖާގެ މައްޗަށް ޖުމްލަ 25 އަހަރާއި ފަސް މަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.

އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި، 12 ޖޫން 2022

އެނގުން މުހިންމު - މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ މީހުންނަކީ:

  • އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ

  •  ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

  •  މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އެ ތިން މީހުންގެ މައްޗަށް އުފުލީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  •  މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

އެ މީހުންގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.

ކޮމެންޓް (1)

ކުޑަކުއްޖާ

31 އޮކްޓޯބަރު 2022
ބަލަ މިހާރު 18ފުރުނީމަ ކިއް ކުރަންތަ ކުޑަކުދިން ބަންދު ކުރާ މަރުކަޒަކަށް އޭނަ ލާންވީ ކީ އެއް. ޖަލަށް ލާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް