މިއަދު ބޭއްވި މާލެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާ: ހާޒިރުވީ ފަސް މެންބަރުން
މަސް މާރުކޭޓު މައްސަލަ އެޖެންޑާކުރުމުން މިއަދު ވެސް ކޯރަމް ހަމައެއް ނުވި
ލޯކަލް މާރުކޭޓަކާ އެކު ތަރައްގީކުރާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ މައްސަލާގައި މާލެ ސިޓީ ކައުންސިލުގެ ގާނޫނީ ސެކްޝަންގެ ވެރިޔާއާ ސުވާލުކުރަން އޮތް ޖަލްސާ، ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަން ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ފަހުން އެ މައްސަލަ އެޖެންޑާކުރި މިއީ ތިން ވަނަ ފަހަރެވެ. އެކަމަކު ވެރިކަންކުރާ ޕީއެންސީގެ މެޖޯރަޓީ އޮތް އެ ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، އެކަން އެޖެންޑާކުރާ ދުވަހު، ކޯރަމް ހަމައެއް ނުވެ އެވެ.
ވީ ކިހިނެއް؟ - މަސް މާރުކޭޓު މަސައްކަތް ހަވާލުކުރުމުގެ ދެ އެއްބަސްވުމެއް އެކުލަވާލުމުގައި ގޯސްތަކެއް ފާހަގަކުރެވިފައި ވާތީ އެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލަފަ އެވެ.
އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅަން ގޮވާލެއްވުމަށް ފަހު، ނަސީރު ކައުންސިލުގެ ރަސްމީ ޖަލްސާއަށް ހާޒިރުކުރަން މިދިޔަ މަހުގެ 22ގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ ހުށަހަޅުއްވައިފަ އެވެ.
ނަސީރު ޖަލްސާއަށް ހާޒިރުކުރަނީ:
-
ދެވަނަ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ކަމަށް ވާތީ އެއްބަސްވުމަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުންނާއި އެކަން ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ސުވާލުކޮށް، އޭނާއާ މެދު އަޅާނެ ފިޔަވަޅެއް ނިންމަން
-
މައްސަލަ ބަލައި ނިމެންދެން ނަސީރު ސަސްޕެންޑުކުރަން ވެސް އޮތީ ހުށަހަޅުއްވާފައި؛ އެކަމަކު އޭނާ އަދި ސަސްޕެންޑެއް ނުކުރޭ
ތަފްސީލް - މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވާތީ ފެށޭ ގޮތެއް ނުވި އެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެންމެ ފަސް ކައުންސިލަރުންނެވެ. ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެ މައްސަލަ ހުށަހެޅުއްވި ސައިފް މިއަދު އޭނާގެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯރަމް ހަމަނުވީ ޕީއެންސީގެ ގިނަ މެންބަރުންތަކެއް އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމުން ކަމަށެވެ. އެ މައްސަލާގައި މަޝްވަރާ ނުކުރަން އުޅެނީ ކީއްވެތޯ އާއި އެކަމާ ގުޅޭ ކަންކަން ސިއްރުކޮށް ފޮރުވަން އުޅެނީ ކޮން ބައެއްގެ ފައިދާއަށްތޯ ވެސް ސައިފް ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުން:
-
އެ މައްސަލާގައި ނަސީރު ސަސްޕެންޑުކުރަން ހުށަހެޅި ނަމަވެސް، އެކަން ކުރައްވަން މޭޔަރު އާޒިމް ދެކޮޅުހައްދަވާ
-
އޭގެ ސަބަބުން ހައްސާސް ލިޔެކިއުންތައް ބެލެހެއްޓުން އަދިވެސް ދަނީ އޭނާގެ ބެލުމުގެ ދަށުން
-
އެ މައްސަލަ އެލްޖީއޭ އާއި ފުލުހުންނަށް ވެސް ކައުންސިލުގެ ފަރާތުން ހުށަހަޅާފައެއް ނުވޭ
-
އެކަމާ ގުޅޭ އެއްބަސްވުންތައް ވެސް އޮތީ ސިއްރުކޮށްފައި
On Aug 20, 2025, Mayor @adamazim revealed the Malé Fish Market Revamp contract was fraudulently amended: signed with a new party, inflated from USD 6.1m to USD 9.5m, without @MaleCitymv approval.
— Saif Fathih (@aekofathih) September 25, 2025
It was signed by Legal Head Ali Naseer Gasim, who refuses to explain despite formal… https://t.co/vM3jMmoOrW pic.twitter.com/MhxhWIVQuO
އެ މައްސަލަ ޖަލްސާގެ އެޖެންޑާއަށް ލީ ފަހުން މީގެ ކުރިން ބާއްވަން ތާވަލުކުރި ދެ ޖަލްސާ ވެސް ކެންސަލް ކުރީ ކޯރަމް ހަމަނުވެގެންނެވެ. ސައިފް 'ދައުރު' އަށް މީގެ ކުރިން ވިދާޅުވިވެފައި ވަނީ އެ މައްސަލަ އެޖެންޑާގައި އޮންނަ ނަމަ ޖަލްސާ ބޭއްވޭނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.
އެނގުން މުހިންމު - ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން ނިންމީ ރައީސް މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު އެވެ. އެ ތަން ތަރައްގީކުރުމަށް ފަހު މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލަން އޮތީ ނިންމާފަ އެވެ.
އެކަމަކު މިފަހުން ހޯދި އެކަމާ ގުޅޭ ލިޔެކިއުންތަކާ ހަވާލާދީ އާޒިމް ވިދާޅުވެފައިވަނީ މަސް މާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ ކަމަށެވެ. ފަހުން ހަދާފައިވާ އެއްބަސްވުން އޮތް ގޮތުން މާރުކޭޓުގެ މަސައްކަތް ހުއްޓި، އެ އިމާރާތް ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ:
-
ފުރަތަމަ އެއްބަސްވުމުގެ އަގަކީ 6.1 މިިލިއަން ޑޮލަރު. މިއީ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ހެދި އެއްބަސްވުމެއް
-
ދެވަނަ އެއްބަސްވުމުގެ އަގަކީ 9.6 މިލިއަން ޑޮލަރު؛ މި ކޮންޓްރެކްޓު ހެދީ ކާކު ބުނެގެން ކަމެއް އެނގޭކަށް ނެތް
-
ދެވަނަ އެއްބަސްވުން ހެދީ ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮއްވާ
-
އޭރު މޭޔަރުކަމުގެ ޒިންމާ އުފުއްލެވީ އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
-
ފަހުގެ އެއްބަސްވުން ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް
-
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލީގަލް ސެކްޝަންގެ ވެރިޔާ ނަސީރު
-
ދެވަނަ ފަރާތަށް އެއްބަސްވުން ލިބުނީ ކިހިނެއްކަން ވެސް އެނގޭކަށް ނެތް
-
ދެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަންބަރެއް