ކެޔޮދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މާޗު މަހުގެ ކުރިން ކެޔޮދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާނަން: ރައީސް

ރައީސް ވިދާޅުވީ، ކެޔޮދުއަށް ބިން އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް؛ ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވެސް ރަށަށް ބިން އިތުރު ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވި

އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ވ. ކެޔޮދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ކެޔޮދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން އެހީތެރިކަން ދޭނެ ކަމަށެވެ.

ތަފްސީލް - ވ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގާ އަތޮޅެކެވެެ.

"މިރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި މިހާރު ވެސް މިދާއިރާގައި ހަރަކާތްތެރިވާ ގަރާތްތަކަށް އިތުރަށް މިދާއިރާގައި ކުރިއެރުން ހޯދުމަށްޓަކާ ކުރިއަށް އޮތް ދުވަސްތަކުގައި، އަންނަ އަހަރުގެ ކުރީކޮޅު، މާޗު މަހުގެ ކުރިން މި ރަށުގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކެޔޮދުއަށް ބިން އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވެސް ރަށަށް ބިން އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި އަދި ގެސްޓްހައުސް ވިޔަފާރި ފުޅާ ރަށްރަށުގައި ބޭންކު އޮފް މޯލްޑިވްސް އިން އަންނަނީ ޑޮލަރު އޭޓީއެމް ބަހައްޓަމުންނެވެ.

ރައީސް ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ވ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ހިދުމަތް ވަނީ ފައްޓަވައިދެއްވައިފަ އެވެ.

ކޮމެންޓް (2)

ކޮސް

20 ސެޕްޓެމްބަރު 2025
ތިޔަ އޭ.ޓީ.އެމް އިން ޑޮލަރުގެ ބަދަލުގައި ނިކުންނާނީ ދިވެހިރުފިޔާއަށް ނުވެއްޖިއްޔާ ރަނގަޅު.
0 0

ނާއިބެ

20 ސެޕްޓެމްބަރު 2025
ބީ.އެމް.އެލް ހިންގުމާ މަނިކުފާނު ޙަވާލުވެހުރިކަން ނުދެނެހުރިން. ކެޔޮދޫގެ އާދާބީ ކިހާވަރެއް؟ ދަޢުލަތަށް ޓެކްސް ފައިސާ ކިހާވަރަކަށް ދައްވާ؟ ބޭސްލައިން އަކީ ކެޔޮދޫ ކަމަށް ވަންޏާ، ކެޔޮދޫއަށް ވުރެ ގިނައިން ޓެކްސްދައްކާ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ވައުދުވާންވާނެ. ހުރިހާ ރައްޔިތުން ހަމަހަމަ ވާންވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް