ރައީސް މުއިއްޒު، ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވ. ރަކީދޫގައި ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މުޅި ވ. އަތޮޅަށް؛ 12 ވަނަ އަތޮޅު

'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލް އިން ބުނި
20 ސެޕްޓެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވ. ރަކީދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި މުޅި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:

  • ރައީސް މުހައްމަދު މުއިއްޒު

  •  ވަޒީރުން 

  • ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ އިސްބޭފުޅުން

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިއްޖެ،" ޝަރީފް ވިދާޅުވި އެވެ.

"މިއިން ކޮންމެ އޭޓީއެމްއަކީ ވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަކަމާ އެކު އަސާސީ ބޭންކިން ހިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް."

'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 42 ބްރާންޗު 

  • 166 ސެލްފް ސާވިސް ބޭންކިން ސެންޓަރު 

  • 225 އޭޓީއެމް 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް