މާލޭ މަގުމަތީ ވެހިކަލް ދުއްވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ހަނދާންކޮށްދީފި

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް މިދިޔަ އޭޕްރީލް މަހު ގެނައި އިސްލާހުގައިވާ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ އުޅަނދު ރާއްޖެ އެތެރެކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހުށަހަޅަން ޖެހޭ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވާ އެހެން އުޅަނދު ރާއްޖެ އެތެރެކުރެވޭނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ހުއްދައެއް ލިބިގެން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް މިދިޔަ އޭޕްރީލް މަހު ގެނައި އިސްލާހުގައިވާ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ އުޅަނދު ރާއްޖެ އެތެރެކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހުށަހަޅަން ޖެހެ އެވެ.

ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވާ، އެހެން އެއްގަމު އުޅަނދުތައް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ މިނިސްޓްރީން ދޫކުރާ ހުއްދަ ނަގައިގެން ކަމަށެވެ. އެގޮތުން:

  • އެ ހުއްދައަށް އެދެން ޖެހެނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް

  • ވެހިކަލް ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު އުޅަނދު އެތެރެކުރަން ދީފައިވާ ހުއްދަ ވެސް ހުށަހަޅަން ޖެހޭ

ފާހަގަ ކުރެވޭ - އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ގަރާޖު ސިޓީ ވެސް ދައްކަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް