ވެލާނާ އިންޓަނޭޝަނަލް އެޔާރޕޯޓުގައި ޓެކްސީ ހިދުމަތް ދޭ ކާރުތައް ކިއޫގައި މަޑުކޮށްލައިގެން -.

ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިއަށް ގަރާޖު ސިޓީ ދައްކަން ޖެހޭ ގޮތް ހަދައިފި

އުފެއްދިތާ ތިން އަހަރު ވެފައިވާ ސައިކަލާއި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކާރު ފަދަ އުޅަނދު ފަހަރު އާންމުކޮށް ރަޖިސްޓްރީއެއް ނުކޮށްދޭނެ
13 އޭޕްރީލު 2025

ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ގަރާޖު ސިޓީ ދައްކަން ޖެހޭ ގޮތަށް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް ގެނައި ބަދަލުތައް މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ތަފްސީލް - ގަވާއިދަށް ގެނައި ބަދަލުގައި ބުނަނީ ދެ ފުރޮޅު ލީ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް އެތެރެކުރުމުގެ ކުރިއަށް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން:

  • ހުއްދަ ހޯދުމުގައި އެ އުޅަނދެއް ބާއްވާ ގަރާޖު ނުވަތަ ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދަ އޮތް ސިޓީއެއް ހުށަހަޅަން ޖެހޭ

  • ސިޓީގައި ބުނާ ތަނުގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތް ކަން މިނިސްޓްރީން ކަށަވަރު ކުރަން ވެސް ޖެހޭނެ

  • އެއަށް އަމަލުކުރަން ފަށާނީ މީގެ 90 ދުވަސް ނުވަތަ ތިން މަސް ފަހުން

އުޅަނދުތައް ރަޖިސްޓްރީނުކޮށްދެވޭނެ އުމުރުތަކެއް ވެސް ގަވާއިދުގައި މި ފަހަރު ބަޔާންކޮށްފައިވެ އެވެ. ގަވާއިދުގައި ބަޔާންކޮށްފައި ވަނީ:

  • ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު

  • އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު

  • އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު

  •  އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު

  • އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު

މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އުމުރަށް ނުފެތޭ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބޭ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް