ޖުޑީޝަލް ސާވިސް ކޮމިޝަން އޮފީސް ތެރޭ ބައެއް ވަކީލުން މަޑުކޮށްލައިގެން (ދައުރު ފައިލް ފޮޓޯ/ އަނޫފް ޖުނައިދު)

ފަނޑިޔާރުކަމުން ވަކިވުމަށްފަހު ވެސް އާއިލާ ހިމެނޭހެން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަނީ

އާއިލާ ހިމެނޭ ގޮތަށް ކޮންމެ ފަނޑިޔާރަކުވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަލަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވޭ

ކުރީގެ ފަނޑިޔާރުން ވެސް އާއިލާ ހިމެނޭހެން އެމީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ތަފްސީލު - މި ބިލުން ފަނޑިޔާރުންގެ ގާނޫނަށް ގެންނަ މައިގަނޑު އެއް އިސްލާހަކީ ފަނޑިޔާރުން އަދި މަގާމުން ވަކިވާ/ވަކިކުރާ ފަރާތްތަކުގެ މަލީ ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަން އިތުރަށް ތަފްސީލުކޮށްދިނުމެެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 68 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން:

  • ކޮންމެ އަހަރު އެއްފަހަރު ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރު ކުރާ ބަޔާނެއް އެ ކޮމިޝަނަށް ހުށަހަޅަން ވާނެ

  • ވަކިވާ ނުވަތަ ވަކިކުރާ ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅާކަށް މިހާރު ނޯވޭ

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެންބަރު ސައުދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެ މާއްދާ އިތުރަށް ތަފްސީލުކޮށް، ބިލުގައި މިހާރު ހިމަނާފައިވާ ގޮތުން މަގާމާ ހަވާލުވިއިރު އޭނާގެ  އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި ދަރަނީގެ ހިސާބުތައް މަގާމާ ހަވާލުވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން:

  • އެ ފަނޑިޔާރަކު މަގާމުގައި ދެމި ހުރިހާ ހިނދަކު ކޮންމެ އަހަރަކު ވެސް އެ ތަފްސީލުތައް ހިމެނޭ މަލީ ބަޔާން ޖޭއެސްސީއަށް ހުށަޅަން ޖެހޭ

  • އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާދިނުމަށް ފަހު، މަގާމުން ވަކިވިއިރު ހުރި އާމްދަނީ އާއި މުދަލާއި އަދާ ކުރަން ޖެހޭ ދަރަނީގެ ތަފްސީލުތައް، މަގާމުން ވަކިވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭ

އެ ތިން ހާލަތުގައި ވެސް މަލީ ބަޔާން ހުށަހަޅާއިރު، އެމީހަކު ކައިވެނިކޮށްގެން އުޅޭ މީހާ އާއި އޭނާގެ ސީދާ ބެލުމުގެ ދަށުގައިވާ ދަރިން އަދި ބަލަހައްޓާ އެހެން ފަރާތެއް ހުރި ނަމަ، އެ ފަރާތްތަކުގެ މާލީ ހިސާބުތައް ހުށަހަޅަން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެއީ، މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނޫނެވެ.

މި ބިލުގައި ހުރި ކަންކަމަށް އަމަލުކުރަން އޮތީ، ރައީސް ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް