29 ޖެނުއަރީ 2024: ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑިޝަރީ

ރާއްޖޭގެ ޖުޑީޝަރީ ހިނގާ ގޮތް ބަލަން އދ.ގެ މަންދޫބަށް ދައުވަތު ދީފި

މިނިސްޓަރު ހަލީލް ވިދާޅުވީ ގާނޫނުގެ ވެރިކަމާއި ގާނޫނު އަސާސީގެ އެންމެ މަތީ ބާރު ހިމާޔަތްކުރުމަށް ފަނޑިޔާރުގެއަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ދެމެހެއްޓުމުގައި އެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށް

ރާއްޖޭގެ ޖުޑިޝަރީ ހިނގާ ގޮތް ބެލުމަށް އދ.ގެ ސްޕެޝަލް ރެޕިޔުޓާ އިން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް މާގްރެޓް ސެޓަތްވެއިތަށް ސަރުކާރުން ދައުވަތު ދީފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކި ކުރި މައްސަލާގައި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ފަނޑިޔާރުންނާއި ވަކީލުންނާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިދާރާތަކުން އަދި އެކި ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ތަފްސީލް - ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވާ، އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތް ބަޔާންކޮށް ރެޕިޔުޓާ ސެޓަތްވެއިތަށް ވަނީ ސިޓީ އެއް ފޮނުވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލާގައި ސަރުކާރުން އެއްވެސް ވަރަކަށް އެކަމުގެ ތެރެއަށް ނުވަންނަ ކަމަށެވެ. އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވަމުން ވިދާޅުވީ:

  • ރައީސް އަދި ބަންޑާރަ ނައިބު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައެއް ނުވޭ

  • ބަންޑާރަ ނައިބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އަށް މެސެޖު ފޮނުވި ކަމަށް ބުނާ ތުހުމަތަކީ ދޮގު ވާހަކައެއް

  • • ފަނޑިޔާރު އަޒްމިރާލްދާއަށް އިންޒާރު ދިން ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގު ވާހަކައެއް

  • މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވޭ

  • މި ތުހުމަތުތަކަކީ ހަގީގަތާ ހިލާފު، އަސާސެއްނެތް ވާހަކަތަކެއް

އެ ސިޓީގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ އެކަން ޔަގީންކޮށް ކަށަވަރު ކުރުމަށް ރާއްޖޭގައި ނިޒާމު ހިނގާގޮތް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ސެޓަތްވެއިތަށް ދައުވަތު ދެއްވައިފަ އެވެ.

މީގެ އިތުރުން ގާނޫނުގެ ވެރިކަމާއި ގާނޫނު އަސާސީގެ އެންމެ މަތީ ބާރު ހިމާޔަތްކުރުމަށް ފަނޑިޔާރުގެއަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ދެމެހެއްޓުމުގައި އެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (2)

އިބްރާހިމް Avatar

އިބްރާހިމް

10 ޖޫން 2025
ޜާއްޖޭގެ ފަނޑިޔާރުން ޖަވާބު ދާރީ ވާން ޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢަލާއަށްތޯ ؟ނޫނީ އދ އާއި ޔަހޫދީ ޖަމިއްޔާ ޖަމާއަތްތަކަށްތޯ؟ މިސުވާލުގެ ޖަވާބު ޖުޑިޝަރީން ދޭންޖޭ..
0 0

ކޮސް

10 ޖޫން 2025
މިމީހުންނަށް ހީވަނީ ، މިމީހުން ފިޔަވާ ދެންތިބި އެންމެންނަކީ މޮޔައިިންނޭ. .... ތިޔަކަހަލަ ސިޓީތަކުންވެސް އިތުރަށްވާނީ ފަޟީހަތް...!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް