30 އޭޕްރިލް 2025: ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ

ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް ހީދަން ފުލުހުން އެދިފައި ނުވާ ކަމަށް ވެސް ޔުމްނުގެ އާއިލާ އިން ބުނެފައިވޭ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށް ޔުމްނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ފުލުހުންނަށް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

ތަފްސީލް - ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނާ ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް މިއަދު ވަނީ ސިޓީ އެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ، ބުރާސްފަތު ދުވަހު ފުލުހުން އާންމު ކުރި ނޫސް ބަޔާނުގައި ބަޔާންކޮށްފައިވަނީ ކަން ހިނގާފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އެގޮތުން:

  • އެ މައްސަލާގައި ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށް

  • މައްސަލައިގެ ތަހުގީގެއް ނުހިންގާ، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް އާއިލާ އިން ދެކޭ ކަމަށް

  • ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އާއިލާ އަށް ނެތް ކަމަށް

  • ރާއްޖޭގެ ގާނޫނާއި ގަވައިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށް

"ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށްޓަކާ ރަސްމީގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާ އަށް އަންގާފައެއް ނުވެ އެވެ. ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި ދަންނަވަމެވެ." ޔުމްނުގެ ދައްތަ އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ސޮއިކޮށް ފުލުހުންނަށް ފޮނުވި ސިޓީގައިވެ އެވެ.

އެ ސިޓީގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނުގައި އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ބުނެފައިވީ ނަމަވެސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު ޔުމްނުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅު ގަޑިއިރެއްހާ އިރަށް ބައްދަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުން އެދިފައި ނުވާ ކަމަށް ވެސް ޔުމްނުގެ އާއިލާ އިން ބުނެފައިވެ އެވެ.

"އަދި ހައްވާ ޔުމްނު ރަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމުގައި ދަންނަވަމެވެ." އެކްޓިން ސީޕީ ނަވީން އަށް އެޑްރެސްކޮށް އާއިލާ އިން މިއަދު ފޮނުވި ސިޓީގައިވެ އެވެ.

އާއިލާއިން ބުނީ މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފާހަގަ ކުރެވޭ - ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ، ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު މެލޭޝިއާގައި އެބަތިބި ކަމަށެވެ.

"މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަ ކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރިއިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގު ޓީމުން މަސައްކަތް ކުރީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކާ މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ފުލުހުން ބުންޏެވެ.

ގުޅުން ހުރި - ހާދިސާ ހިނގި ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.

ކޮންމެ ރެއަކުހެން ސިލްސިލާކޮށް ޒުވާނުން އޭރު ދިޔައީ ހެންވޭރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ކުރިމައްޗަށް ނުކުމެ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

ފުލުހުންގެ އިހުމާލުތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލައިފަ އެވެ.

ކޮމެންޓް (6)

ސިކުނޑި

25 މޭ 2025
މައްސަލައާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ކަމާބެހޭ އިދާރާއެއްގެ ތަހުގީގަކުން ސާބިތުކޮށް ނުދެވޭހާ ހިނދަކު އެ ކުއްޖާ ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް! މިމައްސަލައިގައި އެހެން ބައެއްގެ ނުފޫޒެއް ނެތްނަމަ، މިއީ ވަރަށް ފަސޭހައިން ތަހުގީގުކޮށް ނިންމާލެވޭނެ މައްސަލައެއް!
2 0

ހަލީލް

25 މޭ 2025
އެހެންވީމާ ބަޔާން ނަގަން ސިފައިންގެ އޮނާރގާޑް އެއް އަރުވާފަ ރަދުން ހިއްޗަށް ދާ ގޮތަށް ތޯ ރަސްމީ ވުމަކީ ؟ ފުލުހުން ބަޔާން ނަގަން ޖެހެނީ އާއިލާގަ ދަންނަވަން ވަންޔާ ތިއތީ ތިކަންވެފަ
2 0

ތެރަފާނާ

24 މޭ 2025
އާއިލާއަށް އެނގޭ ވެއްޓުނީ ބޮއެގެން އަމިއްލައަށްކަން. ކެމެރާ ކުރިމަތީ ކުރި ހުތުރު ކަންކަން ކުރީވެސް އަމިއްލަ އިހުތިޔާރުގަ ހެވިފަ ހުރެ. އެކަމުގަ ފިރިހެން ކުއްޖާއާ އަންހެން ކުއްޖާވެސް ހަމަހަމަ. އަންހެން ކުއްޖާ ވައްޓާލިނަމަ އާއިލާ ތިގޮތަކަށް ނޫޅޭނެ. ވ އަންރިއަލިސްޓިކް އާއިލާއިން ދައްކާ އުޒުރުތަކާއި ފުލުހުންނަށް ފިލަން ތިތެޅޭތެޅުން. ވަކިބައެއްގެ ހިތްހަމަޖެހުމަށް ހައްޔަރުކޮށްްފަ ހުރި ފިރިހެން ކުއްޖާ ދޫކޮށްލައި އޭނަގެ ސައިޑުގެ ވާހަކަ ވެސް އެބަޖެހޭ އިއްވަދޭން. އަންހެން ކުއްޖާގެ އާއިލާއިން މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ތިކަމާ ގުޅުވާ ވ ގިނަ ނާޖައިޒު މަންފާ ހޯދައިފި.
3 0

ޙަސްތީ

24 މޭ 2025
ޔުމްނުގެ އާއިލާއަށް އިތުބާރު ގެއްލިއްޖެ. ފުރާޅެއްގެ މަތީގައި މަރުވާން ދޫކޮށްލާކަށް ނުވާނެ. އެކަމަކު ޔުމްނުވެސް އުޅުނީކީ މާތާހިރު ކޮށެއްނޫން އާއިލާއިން ލަދު ގަންނަން ޖެހޭނެ.
3 0

ސިންޕަތީހޯދާހިޔާނާތްތެރިން

24 މޭ 2025
ހަހަހަ ވަރެއްގެ އާއިލާއެއްނު. ބަލަ ތި ކުއްޖަކު ވެއްޓުމުގަ އެހެންމީހެއްގެ އަތެއްވާކަން ނޫނީ ނުވާކަން މިހާރުކްލޭމެނަށް އޮންނާނީ ރަނގަޅަށް އެނގިފަ. ބަޔަކު އަންހެންކުއްޖާ ގޭގަ އޮއްވަ ގަދަކަމުން ގެންގޮސް ރޭޕްކޮށް އެއްލާލީކަމަށް ދައްކަން އެތައްފޮނެއްއަރުވައި ބޭސްފަރުވާއަށް އެހެން ދިވެހިންނަށް ނުލިބޭ ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ހޯދައި ކައިރިގައުމަކުން އަގުހެޔޮކޮށް އެއްފެންވަރުގެ ބޭސްފަރުވާ ހޯދެންއޮއްވަ އަގުބޮޑު ދުރު ގައުމަކަށް ދިވެހި ދައުލަތުން ނާއި އާއްމުން އަތުން ފައިސާ ހޯދައިގެން ގޮސް އަންހެންކުއްޖާ ފިލުވީހަމަ. ދައުލަތަށް ތިއާއިލާ މަކަރާ ހީލަތުން ހޯދި ފައިސާ ގެ ބަދަލު ދޭންޖެހޭނެ. އަމިއްލައަށް ނޫންގޮތަކަށް ވެއްޓުނު ނަމަ ކަލޭމެން ތިވައްތަރަކަށް ނޫޅޭނެ.
12 2

ޙަޖީ

24 މޭ 2025
@ސިންޕަތީހޯދާހިޔާނާތްތެރިން ތިޔަބުނީ ހަމަރަގަޅަށް. މިމީހުންގެ މިހާރުގެ ބޭނުމަކީ ޔުމުނު ބޭނުން ނަހަމަގޮތުގަ ކޮށްގެން މެލޭޝިޔާގަ ގިނަދުވަހައް ތިބުން . އަދި މީގެ ހެއްވާކަމަމީ މެލޭޝިޔާއައް ގޮސް އާއިލާއިން ވާހަކަދެއްކި ދައްތަ ނޫސްތަކަށް ހަބަރު ދީފަ އެބައޮތް ، ޔުމުނުއާއި ހަވާލާދީ މިކަމުގަ އިތުރު ބަޔަކު ބައިވެރިވާކަމަށް، އެކަމަކު ފުލުހުންނަށް ބަޔާން ދޭންވީމަ ސިއްހީ ހާލަތު ތަން ނުދެނީ . މިހާރު އާއިލާއިން ތިޔައުޅެނީ ޔުމުނު ބޮޑު މުދާގަނޑަކަށް ހަދައިގެން
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް