ރޭ ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުން ވަނައެއް ހާސިލު ކުރި ބައިވެރިއެއް ސްޓޭޖުން އެވޯޑާއެކު ފައިވަނީ (ފޮޓޯ/ ރައީސް އޮފީސް)

ބީސީސީ

އުފެއްދުންތެރިކަމުގެ މައުރަޒުގައި 275 ފަރާތަކަށް އިނާމު ހަވާލުކޮށްފި

މިރޭ 8:30ގައި ފަށާ މި މައުރަޒު މި މަހުގެ ނިޔަލަށް އޮންނާނެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025ގައި ދައްކާލާ އުފެއްދުންތަކުގެ ތެރެއިން 275 ފަރާތަކަށް ރޭ އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގަ އެވެ. އޭގެ ކުރިން ރޭ ސޯޝަލް ސެންޓަރުގައި ވަނީ މި އުފެއްދުންތަކަށް އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ތަފްސީލު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ އިސްބޭފުޅުން އަދި ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށާއި މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.

ރޭގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރަން ވަނަ (މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބުނު 5 އުފެއްދުން) ހާސިލްކުރި ފަރާތްތައް:

  • 1-

    ލުޖައިން އަލީ ވަހީދު، ހ. ހުޅުދުއްފާރު

  • 2-

    އަބުޑީ މޯލްޑިވްސް

  • 3-

    މޯލްޑިވްސް ޕޮލިޓެކްނިކް 

  • 4-

    މުހައްމަދު މޫސާ، ގަރާޑީގެ/ރ. އިނގުރައިދޫ

  • 5-

    އަލީ މާހިރު

ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެކި ދާއިރާތަކުން 1 ވަނަ ހާސިލްކުރި ބައިވެރިން:

  • އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ: ލުޖައިން އަލީ ވަހީދު

  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: ގއ. ވިލިނގިލީ ކައުންސިލްގެ އިދާރާ 

  • ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

  • ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ: ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް

  • ތައުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ: މޯލްޑިވްސް ޕޮލިޓެކްނިކް

  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ: ފާތުމަތު ޝަފަގް، ރެޑިއަމުގެ/ތ. ވިލުފުށި

  • ޖަމިއްޔާ ޖަމާއާތްތަކުގެ ދާއިރާއިން 1 ވަނަ: ވިމެން އޮންޓަޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސް

  • މުޅި މައުރަޒުން 1 ވަނަ ސިޓީ/ރަށް: އައްޑޫ ސިޓީ ހިތަދޫ

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ: ސްޓެލްކޯ

ފަސް މަންޒަރު - މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މައުރަޒު ބޭއްވުމަކީ މިދިޔަ އަހަރުގެ މެއިގައި ކެބިނެޓުން ނިންމި ނިންމުމެވެ. މިރޭ 8:30ގައި ފަށާ މި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެގޮތުން:

  • ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަރުޒަރު ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުން 

  • މި މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވޭ؛ އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން؛ އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިން

  • ރަށްރަށުން ތަކެތި ހުށަހަޅާފައިވާއިރު، އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ. ތުޅާދޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް