މިއަދުގެ މަޖިލިސް ޖަލްސާގައި ގައްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މޭ 6ގެ ހަމަލާ

ނަޝީދަށް ދިން ހަމަލާ: ގައްސާން ގަބޫލު ކުރައްވަނީ ސެކިއުރިޓީ ބުރީޗު ވިކަމަަށް

ގައްސާން ވިދާޅުވި ގޮތުގައި އެ ހަމަލާ ނަޝީދަށް ދިނުމުގެ ކުރިން އޭގެ "އިންޑިކޭޝަންތަކެއް" އޭރު ލިބިފައި އޮތް

މީގެ ހަތަރު އަހަރު ކުރިން 6 މެއި 2022ގައި އޭރު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދު އަވަހަރާކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ސެކިއުރިޓީ ބުރީޗުވިކަން ގަބޫލުކުރައްވާ ކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ދެއްކެވި ވާހަކަތަކުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގައްސާން މިފަދަ މޭރުމަކުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - ގައްސާންއަށް ސުވާލު އަމާޒު ކުރައްވަމުން ޝުޖާއު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވުނީ ސެކުއުރިޓީ ބުރީޗަކުންކަން އެނގިފައިވާ ކަމަށެެވެ. އަދި ގައްސާން މިނިސްޓަރު ކަމަށް ވަޑައިގެން "ބެއްލެވި ބެއްލުމުން މި ހަމަލާއަކީ އެބޭފުޅުން ތެރެއިން ރޭވިގެން ދެވުނު ހަމަލާއެއް" ކަމަށް ފާހަގަވެފައިވޭތޯ ޝުޖާއު އެއްސެވި އެވެ.

"އަޅުގަނޑުމެން ހައްތަހާ ވެސް ކަންބޮޑުވު މި ވަނީ، ވެރިކަންކޮށްފައި ހުރި ރައީސްއަކަށް މިހާ ވަރުގަދަ ހަމަލާއެއް ދެވިގެން ދިޔައިރު، ސެކުއުރިޓީ ބުރީޗެއް އޭގެ ތެރެއަށް އަންނަންޏާ އެއީ ބަލަން ޖެހޭ ކަންކަން ނުބެލިގެން ކަންމަށް ގަބޫލު ކުރެވޭތީ. އެހެންވީމާ މިކަމުގެ ތަފްސީލެއް ދެވެން އޮތިއްޔާ، ދެވެން އޮތް މިންވަރަކަށް" ދެއްވުމަށް އެދި ޝުޖާއު ސުވާލު ކުރެއްވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެ ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިފެންސް މިނިސްޓްރީން މިކަމުގައި އިތުރު ތަހުގީގެއް ހިންގާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ހިއްސާ ކުރެއްވީ، އޭރު 19 ވަނަ މަޖިލީހުގައި ތ.ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއިރު ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިންގި ޕަބްލިކް އިންކުއަރީއާ ގުޅިގެން ލިބުނު މައުލުމާތުގެ މައްޗަށް ގަބޫލު ކުރެވޭ ކަންކަމުގެ ވާހަކަ އެވެ.

"އޭރު ރައްޔިތުންގެ މަޖިލީހުގައި 241 ކޮމިޓީން ކުރި މަސައްކަތްތަކުގެ ތެރޭގައި ޝާމިލުވެ އުޅުނު އެކަކު އަޅުގަނޑަކީ. އޭރު އެއަށްވުރެ ރަނގަޅަށް ދިފާއީ ބާރުން މަތިން އޯޑަރުކޮށްގެން ކުރެވޭނެ މަސައްކަތްތަކެއް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެކަން ވުމުގެ [ބޮން ގޮއްވާލުމުގެ] ކުރިން އޭގެ އިންޑިކޭޝަންތަކެއް ލިބިފައިވާކަން އަޅުގަނޑު ގަބޫލުކުރަން،" ގައްސާން ވިދާޅުވި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައްސާން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ(ފޮޓޯ/މަޖިިލިސް)

ގައްސާން އިތުރަށް ވިދާޅުވީ އެފަދަ އިތުރު ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ﷲގެ ރަހުމަތްފުޅާއެކު މި ސަރުކާރުން ކުރާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނަވާރަ ވަނަ މަޖިލީހުގައި އޭރު ހެދި އިންކުއަރީން ވެސް ފާހަގަ ކުރި ގޮތުގައި އެ ހަމަލާ ނަޝީދަށް ދިނުމުގައި ސެކުއިރުޓީ ބްރީޗެއް ވަނީ ވެފަ އެވެ. މި ހަމަލާއަށް ހަތަރު އަހަރުވީއިރު ވެސް އިންސާފު ނުލިބޭތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން މިއަދު ބަޔާނެއް ނެރެފައިވެ އެވެ.

ކޮމެންޓް (2)

ޙެހެ

7 މޭ 2025
އެހެންވީމާ ތިޔަ އިޢުތިރާފުވީ މުއިއްޒު އެއްކަމެއް ވެސް ތިކަމުގައި ކޮށްފައި ނެތްކަން. މިއީ ރިޔާސީ ވައުދެއް
1 0

ސިކުނޑި

6 މޭ 2025
ސެކިއުރިޓީ ބްރީޗް ވީމަތާ ހަމަލަ ދެވުނީ! ބޮޑެތި ސިންގާ މީހުން ދައްކާ ވާހަކަ މިހުންނަނީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް