ރައުދު އަހުމަދު ޒިލާލް: ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރޭ

ޔުމްނު ވެއްޓުން: ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ރައުދަކީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގައި އުޅުނު ޒުވާނާ

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރައުދު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގަ އެވެ. ރައުދުގެ ބަންދަށް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރުކުރި އެވެ.

ފުލުހުން ބުނި ގޮތުގައި، ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ދީފައިވާ ކަމަށެވެ.

ތަފްސީލް - ރައުދަކީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ. 

ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

ޔުމްނު ވެއްޓުމުގެ ކުރިން 17 ވަނަ ދުވަހުގެ ރޭ މއ. މާންދޫގެދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީގައާއި ޕާޓީން ނުކުމެ މަގުމަތީގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް (1)

އަލީ

30 އޭޕްރީލު 2025
އެ އުސްމިނަށް ކުޑަ ދޮރަށް އަރާނަ ވަރެއް އެކޮނޑަކު ނުހުންނާނެ. އުފުލާފައި އެރުވީމާ އެހެރީ ފައި ވިއްދާފައި ހުރި ފައިތިލަ. ގަދަ ކަމުން ދޮރަށް އަރުވާފައި ވަރު ދެއްކީމާ އެތާ ބައިންދާފައި ކޮށްޕާ ވަށްޓާލާފައި.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް