މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

އެއީ އަޅުގަނޑުގެ އެކަނި އިމާރާތެއް ނޫން؛ އެއްވެސް ނުފޫޒެއް ނުފޯރުވަން: އަމީން

ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ނަން ހާމަނުކުރި ގެއަކީ މިނިސްޓަރު އަމީންގެ ގެއެއް ކަމަށް ބައެއް ނޫސްތަކާއި އާންމުން ވަނީ ތުހުމަތުކޮށްފައި؛ ތަހުގީގަށް ނުފޫޒު ނުފޯރުވާކަމުގެ ޔަގީންކަން ދެމުން އަމީން ވިދާޅުވީ އެ ހާދިސާ ހިނގިކަން އެނގިވަޑައިގަތީ ވެސް މާ ފަހުން ކަމަށް

މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން އެއްވެސް ބޭފުޅަކަށް ގުޅުއްވައި ނުވަތަ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.

އެ ޒުވާނާ ކޮއްޕާ ވައްޓާލީ ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް އެ ތުހުމަތު އަމާޒުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ނަމަވެސް، ފުލުހުން ބުނީ އެ އަންހެން މީހާ ނުވަ ވަނަ ބުރިން ވެއްޓުނީ މީހަކު ކޮއްޕާލައިގެން ނޫންކަން ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ.

އަންހްން މީހާ ވެއްޓުނު ހ. ފެންޓޮނޯއީގެ އާއި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވީ ކިހިނެއް؟ - އަމީނަށް ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ކުރުމަށް ފަހު، އެ ހާދިސާގެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވެސް އެ ތުހުމަތުތަކުގެ އަޑު ގަދަވި އެވެ.

އެ ބައްދަލުވުމުގައި، ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު އެރޭ އުޅުނު އިތުރު ބަޔަކު މާލޭގެ މެދުތެރޭގައި ހުންނަ ގެއެއްގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އެ ގޭގެ ނަން ހާމައެއްނުކުރެ އެވެ. އެއީ އަންހެން މީހާ ފަހުން ވެއްޓުނު ގެއެއް ނޫނެވެ.

އެ މައުލޫމާތު ނޫސްތަކުން ރިޕޯޓުކުރުމާ އެކު ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި އެކި މީހުން ވަނީ އެ ގޭގެ އެޑްރެސް އާންމުކޮށް، އެއީ އަމީންގެ ގެކަން ހާމަކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން މިރޭ ޒުވާނުން ބޭއްވި އިހުތިޖާޖުގައި މިނިސްޓަރުގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވަމުންނެވެ.

  • މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
  • މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
  • މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ތަފްސީލު - އެ ތުހުމަތުތައް ދޮގުކުރައްވައި އަމީން 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ އިމާރާތުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު "ގެދަރިން"އެއް ނުވަތަ ހަރަކާތެއް ބޭއްވި ކަމަށެވެ.

ނަމަވެސް އަމީން ވިދާޅުވީ އެއީ އޭނާގެ އެކަނި އިމާރާތެއް ނޫން ކަމަށާއި އެ އިމާރާތުގެ ވެރިންގެ ގޮތުގައި އޭނާގެ އިތުރުން ތިން ބެއިން ވެސް ތިބޭ ކަމަށެވެ.

"އެ ހަރަކާތް ކުރިއަށްގެންދިޔައީ އަޅުގަނޑު ދިރިއުޅޭ އެޕާޓްމަންޓުގައެއް ނޫން. އެ ހަރަކާތާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް އެނގިފައެއް ނުވޭ އަދި އެޕާޓްމަންޓުގެ ބޭރުގައި ހިނގާ ކަންކަމަށް އަޅުގަނޑުގެ އެއްވެސް ބާރެއް ވެސް ނުފޯރާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި:

  • އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި؛ ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ

  • އެ ހުރިހާ ކަމެއް އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރު

  • ތަހުގީގީ ނުވަތަ ތަންފީޒީ އިދާރާއަކާ ގުޅޭ އެއްވެސް ބާރެއް އޭނާގެ ނޯވޭ

އަމީން ވިދާޅުވީ އެ ހާދިސާގެ ފަހުން މިއަދާ ހަމައަށް ވެސް، އެ ހާދިސާއާ ގުޅޭ ގޮތުން ތަހުގީގީ އިދާރާއެއް ނުވަތަ ސަރުކާރުގެ އެއްވެސް މީހަކަށް ނުވަތަ ތަނަކަށް އެންމެ ފޯނުކޯލެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދާފައިނުވާނެ ކަމަށާއި އެއްވެސް ނުފޫޒެއް ވެސް ފޯރުވާފައިނުވާނެ ކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފަ އެވެ.

ކޮމެންޓް (5)

ރަށްމެދު

24 އޭޕްރީލު 2025
ސްޕްރީމް ކޯޓުގެ ގާޒީން ތަކައް ތަހުގީގަށް ނުފޫޒު ފޯރުވީއޭ ކިޔާފަ ސަސްޕެންޑްކުރި ގޮތަށް މި މިނިސްޓަރުން ސަސްޕެންޑް ކުރާކަށް ނުވޭތޯ؟
1 0

ކެކެކެ

24 އޭޕްރީލު 2025
"މާލޭ މެދުގައި ހުރި ޢިމާރާތް" ޕޮލިހުންގެ މި އިބާރާތުންވެސް ތިބުނީ ދޮގުކަން ސާބިތު. އެހެންނޫންތޯ. ލޮލް
5 0

ފީލިންގ

24 އޭޕްރީލު 2025
ކަން ހިނގައިގެން 6 ދުވަސް ވަންދެން ފުލުހުންވެސް ހަމައެކަނި ތި ގޭގެ ނަން ސިއްރުކޮށް ފޮރުވައިގެން އުޅެގެންވެސް މަތަނުވެ ބުޅާ ގޯނިން ބޭރުވީމާ މިނިސްޓަރު އަމީން ތިޔަނެރުއްވި ހިތްވަރުގަދަ އަދި އަސަރުން ފުރިގެންވާ ޓުވީޓަށް އައްސަރިބަހާއި ސާބަސް ބަރުތީލަކުރަން. އަމިއްލަ ގެދޮރު ނުބެލެހެއްޓުނަސް ވަޒީރު ކަމުގައި އެތަކެއް ހާސް ރައްޔިތުންގެ މަސްލަހަތު ބެލެހެއްޓޭނެ ކަމާއިމެދު އަހަރެމެން ރައްޔިތުންގެ ހިތުގައި ޝައްކެއް ނުހިނގާ!
6 0

ތެފައާސާ.

24 އޭޕްރީލު 2025
[...ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މިނިސްޓަރު އަމީންގެ ގެ ފިޔަވައި ޔުމްނުމެން ވަތް އެހެން ހުރިހާ ގެއެއްގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ބުނީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ...]. މިއީ އަދި ނުފޫޒު ނުފޯރުވާއިރު ވީވަރު. އެހެންވީމާ ނަސީބެއްނު ނުފޫޒު ނުފޯރުވިކަން؟؟
4 0

ސުންޕާ

24 އޭޕްރީލު 2025
ދެން މަވީ ގަބޫލުކުރަން؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް